ބޭނުންވާ ތަކެތި

½ 1 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

½ ޖޯޑު ބަޓަރ

1 ޖޯޑު ހަކުރު

3 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

ކޭކް ފިހުން

ބަޓަރ އާއި ހަކުރު ރަނަގަޅަށް ގިރާލާށެވެ. އެއަށްފަހު ބިސް އެއްކުރާށެވެ. ދެން ވެނީލާ އެސެންސ ފުށް ވެސް އަޅާ ގިރާލާށެވެ. ދެން ބޭކިން ޕައުޑަރ އުޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު 180 އަށް އަވަން ހޫނު ކުރުމަށްފަހު ކޭކް ފިހާޓްރޭ ގައި ބޭކިން ޕޭޕަރ އެޅުމަށްފަހު ގިރި ފުށްގަނޑު އަޅައި ފިހެ ލާށެވެ.

ކޭކު ފިހެ ނިމުމުން އުލަކުން ކޭކުގެ މައްޗަށް ހަރައި ތޮރުފާށެވެ.

މިލްކް ތައްޔާރުކުރުން

1 ސައި ސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފުލް ކްރީމް މިލްކް

1 ދަޅު ގެރިކިރު

1 ދަޅު އެވަޕްރޯޓެޑް މިލްކް

މިލްކް ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް މިކްސަރ ތައްޓަށް އެޅުމްށަފަހު ވަރަށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ކޭކް މައްޗަށް އަޅާލާށެވެ. އެއަށްފަހު ކޭކް އައިސް އަލަ،މާރީގައި 1 ގަޑިއިރު ބަހައްޓާލާށެވެ.

ވިޕް ކްރީމް ތައްޔާރުކުރުން

½ 1 ޖޯޑު ވިޕް ކްރީމް

½ ޖޯޑު ހަކުރު

1 ސައި ސަމުސާ ވެނީލާ އެސެންސް

ވިޕް ކުރީމް ވަރަށް ރަނަގަޅަށް ގިރާލުމަށްފަހު ވިޕް ކޮށްލާށެވެ. އެއަށްފަހު ހަކުރާއި ވެނީލާ އެސެންސް އެއްކޮށްލާށެވެ. ދެން ކޭކު މައްޗަށް އަޅާލާށެވެ. އެއަށްފަހު ބޭނުންނަމަ ކޮންމެސް މޭވާ އަކުން ކޭކު މަތި ޑްކެރޭޓް ކޮށްލާށެވެ. ދެން އައިސް އަލާމާރީގައި 2 ގަޑި އިރު ބަހައްޓާށެވެ.