ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޝުޖާ ޕޮޒިޓިވްވުމާ ގުޅިގެން އެޕާޓީގެ އިސްވެރިންނާއި، ގިނަ އާންމު ރައްޔިތުން ވަނީ އޭނާއަށް ހެޔޮ ދުއާކޮށް ޓުވީޓް ކުރަމުންނެވެ. އެގޮތުން މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޝުޖާއު ކޮވިޑަށް ޕޮޒިޓިވްވި ޚަބަރަކީ ވަރަށް ހިތްދަތި ހިތާމަވެރި ޚަބަރެއް ކަމަށާއި، ޝުޖާއަށް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ރާއްޖެއިން ވަނީ 734 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 540 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.