ނައިފަރު ހޮސްޕިޓަލްގަައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހަކު މިއަދު 12:30 ހާއިރު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 76 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން ރޭވެސް މީހަކު މަރުވެފައިވެއެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.