މަރާލަން ޙުކުމް ކޮށްފައިވާ މީހުންގެ ލިސްޓްގައި އަށް އަހަރު ވަންދެން އޮތުމަށްފަހު، މިއަދު ލާހޯރު ހައިކޯޓުން ވަނީ ސާވަން މަސީހު ބަރީއަކޮށްފައެވެ.

ތިން ކުދިންގެ ބައްޕަ، ލާހޯރުގެ ސާވަން މަސީހު އަކީ، ޕާކިސްތާންގައި ނަރުދަމާ ސާފުކުރާ ފަންތީގެ މީހެކެވެ. އޭނާ ބަލާ މީހުންގެ ތެރޭގައި މައިން ބަފައިންނާއި އަންބަކުވެސް ހުރެއެވެ.

ސާވަން މަސީހު ހައްޔަރުކޮށްފައި ވަނީ ޕާކިސްތާންގެ ބިރު ބޮޑު، ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދޭ ގާނޫނުގެ ދަށުންނެވެ.

އޭނާގެ މައްސަލައަކަށްވީ އެމީހުން ދިރިއުޅޭ ހިސާބުގަނޑަށް ދިން ހަމަލައަކާއި ކްރިސްޓިއަނުންގެ 200 އަންދާލުމާ އެކު އެކަމުގައި އުޅުނު ހައްދުފަހަނަޅާފައިވާ ބަޔަކާ އޭނާ ކުރިމަތިލީ ކަމެވެ.

ހިއުމަން ރައިޓްސް ފޯކަސް އޮފް ޕާކިސްތާންގެ ރައީސް ނަވީދް ވޯލްޓާޒް ބުނިގޮތުގައި ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތަކީ، ރުޅި ގަނޑެއް ބޭލުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެކެވެ.

އަށް އަހަރު ފަހުން އިސްތިއުނާފްގައި ލާހޯރު ހައިކޯޓުން ވަނީ ސާވަން މަސީހު ބަރީއަކޮށްފައެވެ.