ބޭނުންވާ ތަކެތި

2 ޖޯޑު ފުށް

ކުޑަ ލޮނުކޮޅެއް

2 މޭޒުމަތީސަމުސާ ތެޔޮ

½ ޖޯޑު ކާރޑް/ޕްލޭން ޔޯގަރޓް

1 ޖޯޑު ފެން

ފުށަށް ތެލާއި ކާޑް އަދި ލޮނު އެޅުމަށްފަހު ފެން ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ތައްޓަކަށްލާ މަތިޖަހާފައި ބާއްވާށެވެ.

މަސްގަނޑު ތައްޔާރުކުރުމަށް

300 ގުރާމު ބޯންލެސް ޗިކަން

2 ފިޔާ

1 މޭޒުމަތީ ސަމުސާ އިނގުރު، ލޮނުމެދު (ޗަސްކޮށްފައި)

ރަހަލާވަރަށް ލޮނު

1 ޓޮމާޓޯ

3 ތޮޅި މިރުސް

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ކޮތަނބިރިހަވާދު

1 ސައި ސަމުސާ އަސޭމިރުސް (މުގުރި)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

5 ބިސް

4 ފޮތި ސްލައިސް ޗީސް

މަސްގަނޑު ތައްޔާރުކުރުން

ތަވަޔަކަށް ފިޔާކޮށާފައި އެޅުމަށްފަހު ފިޔާ ރަތްކޮށްލާށެވެ. އެއަށްފަހު އިނގުރު ކޮޅާއި ޓޮމާޓޯ އަދި ހަވާދުގެ ބާވަތްތައް އަޅާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް އެއްކޮޅުމަށްފަހު ކުޑަފެންފޮދަކާއި ލޮނުކޮޅެއް އަލާށެވެ. އެއަށްފަހު ކުކުޅުމަސްތައް ކުދިކޮށް ކޮށާފައި އަޅާށެވެ. ދެން ކުޚުޅުމަސްތައް ރޯފިލަންދެން ކައްކާލާށެވެ.

ދެން ބިހެއް ގިރާލުމަށްފަހު ކުޑަ ލޮނުކޮޅެއް އަޅައިގެން ބިސްގަނޑު އަޅާށެވެ. އެއަށްފަހު ކުރިން މޮޑުނު ފުށް ގަނޑުން ގުޅަ ޖެހުމަށްފަހު ތުނިކޮށް ރޮއްޓެއް ދަމާލާށެވެ. ދެން ރޮށިމަތީގައި ބިސްގަނޑު ބާއްވާ ބިސްގަނޑުމައްޗަށް ކުކުޅުމަސްކޮޅެއް އަޅައި ރޯލެއްވާނޭހެން ރޮށި އޮޅާލާށެވެ. އެއަށްފަހު ތަވަޔަކަށް ކުޑަ ތެޔޮފޮދެއް އަޅައި ރޮށި ރޯލް ފްރައި ކޮށްލާށެވެ. ފަރައިކުރާއިރު ތަވާގައި މަތިޖަހައި ފަރާތް ފަރާތަށް ފުށުން ޖަހަންވާމެއެވެ.