ބޭނުންވާ ތަކެތި

2 ބިސް

6 ސަމުސާ ހަކުރު

2 ޖޯޑު ފުލްކްރީމް މިލްކް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ކުޑަ ލޮނުކޮޅެއް

ޕުޑިން ތައްޔާރުކުރުން

ފުރަތމަ ބިހާ ހަކުރު ލޮނު 2 ޖޯޑު ކިރު އަދި ވެނީލާ އެސެންސް އަޅައިގެން ރަނަގަޅަށް ގިރާލާށެވެ.

ކެރެމަލް ތައްޔާރުކުރުން

4 މޭޒުމަތީ ސަމުސާ ފެން

½ ޖޯޑު ހަކުރު

½ ލުނބޯ (ހުތް)

ތެއްޔަކަށް ހަކުރާއި ފެން ލުބޯހުތް ޖެހުމަށްފަހު ރަންކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު ޕުޑިން ހަދަން ބޭނުންވާ ތަށިތަކަށް އަޅާ ލާށެވެ. (މުށި ބޯތަށީގައިވެސް މި ޕުޑިން ހެދޭނެއެވެ.) އެއަށްފަހު ގިރި ޕުޑިން މިކްސް ފުރޭނުމަށްފަހު ތަށިތަކަށް އަޅާށެވެ. ދެން ޓްރޭއެއްގައި އެ ތަށިތައް ބެހެއްޓުމަށްފަހު ޓްރޭގެ ތެރެއަށް ހޫނުފެން އަޅާށެވެ. އެއަށްފަހު ތަށިތަކުމަތީ އެލްމިނިޔަމް ފޮއިލް އަޅާ ނިވާކޮށްލާށެވެ. ދެން އަވަނަށް ލައި 200 ޑްގްރީ ހޫނުމިނުގައި 30 މިނެޓް ވާއިރު ހުންނާނީ ސޓީމްކޮށް ކެކިފައެވެ.