ބޭނުންވާ ތަކެތި

3 ޖޯޑު ބާސްމަތީ ހަނޑޫ

3 އިންޗީގެ ރާނބާފަތް

1 އިންޗި ރޯ އިނގުރު

1 ޖޯޑު ކާށި ކރު

4 ކާފޫރު ތޮޅި

1 ލޮނުމެދު

1 މޭޒުމަތީ ސަމުސާ ގިތެޔޮ

2 އިންޗި ފޮނިތޮށި

2 ފިޔާ

1 މޭޒުމަތީ ސަމުސާ ތެޔޮ

1 ސައިސަމުސާ ދަވިއްގަނދު

2 ހިކަނދިފަތް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ދޮވުމަށްފަހު ތޮރުފި ތައްޓަކަށް އަޅައި ހިއްކަން ބަހައްޓާށެވެ. އެއަށްފަހު ދަވިއްގަނދުކޮޅު ތައްޓަކަށް އަޅައި އެއަށް ހޫނު ފެންފޮދެއް އަޅާފައި ބަހައްޓާށެވެ. ހަމަ މިގިތަށް ފޮނިތޮށި ކާފޫރު ތޮޅިއަށްވެސް ފެންފޮދެއް އަޅާފައި ބަހައްޓާށެވެ. އެއަށްފަހު ފިޔާ ކޮށައި އެއިން ½ ވަކިކޮށް ލޮނުމެދު އިނގުރު ވެސް ކޮށައި ފެންފޮދެއް ޖަހައިގެން ފިޔަ އާއި އެކު މޮޑެލާށެވެ. އެއަށްފަހު މަތި ޖަހާފައި ބަހައްޓާށެވެ. ދެން ގިތެޔޮ މީރު ކުރަން އުދާށެވެ. ގިތެލާއި ހިކަނދިފަތް ތެޔޮ ކުޑަ ފިޔާކޮޅެއް އަޅައިގެނެވެ. އެއަށްފަހު ދަވިއްގަނދު ފެން ފޮނިތޮށި ކާފޫރުތޮޅި ފެން އަދި ފިޔާ ފެން ޖަހާލާށެވެ. މިގޮތަށް ފެން ހުސްވަންދެން މަދު މަދުން އަޅާށެވެ. އެއަށްފަހު ތެޔޮގަނޑުން ފެން ކެކި ނިމުނީމާ ހަނޑޫ ކޮޅު އަޅާށެވެ. ދެން ފިޔާ ފޮނިތޮށި ކާފޫރު ތޮޅި އަޅައި ހަނޑޫގަނޑު ހަނާކޮށްލާށެވެ. އެއަށްފަހު މައްޗަށް ފިޔާކޮޅެއް އެޅުމަށްފަހު ލޮނު ހެޔޮވަރުކޮށް ކިރު އަޅައި ދިޔަވަރު ހެޔޮވަރުކޮށް ކައްކާލާށެވެ. ބަތް ހުންނަންވާނީ ކުޑަކޮށް ހަރުކޮށެވެ.