ނަގޯރްނޯ ކަރަބާޚްގައި ހިނގަމުންދާ ހަނގުރާމައިގައި ތުރުކީން ޑްރޯން ބޭނުން ކޮށްގެން އަރްމީނިއާ އާ ދެކޮޅަށް ހަމަލަތައް ދެމުންދާކަމަށް ތުހުމަތު ކުރެވެއެވެ. މި ތުހުމަތުތައް އިތުރަށް ބެލުމަށާއި މިހާރުން ފެށިގެން ކެނެޑާގެ ޑްރޯން ޓެކްނޮލޮޖީ ތުރުކީވިލާތަށް ނުވިއްކުމަށް ކެނެޑާއިން މިއަދު ނިންމައިފިއެވެ.

ތުރުކީވިލާތުން އުފައްދާ ޑްރޯންތަކަކީ ކުޅަދާނަ ޑްރޯން ތަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ.

ތުރުކީވިލާތަކީ، އަސްކަރީ ބާރު ދެއްކުމުގައި އަރަމުން އަންނަ ގައުމެވެ. އެގޮތުން މެދު އިރުމައްޗާއި އެފްރިކާއާއާއި މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުގައި ތުރުވީ ވިލާތުގެ އަސްކަރީ މަގްސަދުތައް ހާސިލުކުރުމަށް ބޮޑު ދައުރެއް ދައްކަމުން ގެންދެއެވެ.

ހަމައެއާއެކު ތުރުކީވިލާތުން ދަނީ ހެޔޮވަރު އަދަދެއްގެ ދުޝްމަނުންވެސް ކޮންމެ ދުވަހަކު ހޯދަމުންނެވެ.

ތުރުކީވިލާތަށް ކެނެޑާއިން އެކްސްޕޯޓް ކުރަމުން ދިޔައީ، އެމެރިކާގެ ކުންފުންޏަކުން ކެނެޑާގައި އުފައްދާ އިލެކްޓްރޯ އޮޕްޓިކަލް އިންފްރާރެޑް ސެންސަރ ސިސްޓަމް ތަކެކެވެ. ތުރުކީން އުފައްދާ ޑްރޯންތަކުގައި މި ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.

ކެނެޑާއިން މި ޓެކްނޮލޮޖީ ތުރުކީއަށް ވިއްކަން ފަށާފައި ވަނީ 2017ން ފެށިގެންނެވެ.