ބަންގްލަދޭޝްގައި އެތައް ބަޔަކު ވެގެން އަންހެނަކު ރޭޕް ކުރުމަށްފަހު އެ މަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައި އަނބުރާލުމާ ގުޅިގެން މުޅި ގައުމުގައި މީހުން މުޒާހަރާ ކޮށްފިއެވެ.

ޑާކާގައި މުޒާހަރާ ކުރި ޔުނިވަރސިޓީ ކިޔަވާ ކުދިންނާއި ވާތުފިޔައިގެ މީހުން ވަނީ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އޮފީހަށް މިސްރާބް ޖަހާފައެވެ. ފުލުހުން މިމީހުންނަށް ހުރަސް އެޅުމުގެ ތެރޭގައި އެތައް ބަޔަކަށް ހާނިއްކަ ވެފައި ވެއެވެ.

މިފަހަކަށް އައިސް ފަރުވާލެއް ނެތި ބަންގާޅުގައި އަންހެނުން ރޭޕް ކުރާ ނިސްބަތް ވަނީ އިތުރު ވެފައެވެ.

ހިނގަމުން މިދާ އަހަރުގެ ފުރަތަމަ މަހުން މިމަހުގެ މިހާތަނަށް ހާހަކަށް ވުރެން ގިނަ އަންހެނުން ރޭޕްކޮށްފައި ވެއެވެ. މިއިން 200އަށް ވުރެން ގިނައީ ގޭންގް ރޭޕްގެ ޖަރީމާތަކެވެ.

އދން ވަނީ ބަންގާޅުގައި އިތުރު ވަމުންދާ ޖަރީމާއާމެދު ނުތަނަވަސް ވެގެން އެ ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރުމަށް ބާރުއަޅާފައެވެ.

އެއް ޞަފްހާއަކުން: ބަނގްލަދޭޝްގެ ގޭންގް ރޭޕް ކޭސްތައް