ރާއްޖޭގައި ކޮވިޑުގެ އާ ވައްތަރެެއް ނުވަތަ އާ ސްޓްރެއިންއެއް އުޅޭކަމަށް އައިޖީއެމްއެޗް އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޢަލީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިންއެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށާއި އާ ސްޓްރެއިން މާބޮޑަށް ނުރައްކާތެރި ކަމަށެވެ. އަދި މި އާ ސްޓްރެއިންގެ ސަބަބުން ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޑރ. މުހައްމަދު އަލީ ވަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެންމެންވެސް އެމީހުންގެ ކޮންޓެކްޓު ބަބްލް ކުޑަކޮށް، ރަނގަޅަށް މާސްކު އަޅައި، އަތް ދޮވުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބަލިން ސަލާމަތް ކުރެެއްވުމަށް އެދި ގިނަގިނައިން ދުއާކުރުމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.