ބޭނުންވާ ތަކެތި

ބިސްކޯދު ލެޔާ

250 ގުރާމު ބިސްކޯދު ( ބޭނުން ވައްތަރެއް)

100 ގުރާމު ކިންޑަރ ޗޮކްލެޓް

100 އެމް އެލް ބަޓަރ (ދިޔާކޮށްފަ)

70 ގުރާމު ކުކިން ޗޮކްކެޓް (ދިޔާކޮށްފަ)

ކްރީމް އަށް

100 ގުރާމު ކިންޑަރ ޗޮކްލެޓް

400 އެމް އެލް ވިޕް ކްރީމް

30 އެމް އެލް ފުލް ކްރީމް މިލްކް

150 އެމް އެލް ގެރިކިރު

100 ގުރާމު ޗޮކްލެޓް

30 ގުރާމު އަލަމަންޑް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ބިސްކޯދާއި ޗޮކްލެޓް މިކްސަރުގައި ހިމުންކޮށްލާށެވެ. އެއަށްފަހު ބަޓަރާއި ދިޔާކުރި ޗޮކްލެޓް އަޅާ އެއްކޮށްލާށެވެ. ދެން ކޭކު ޓްރޭގައި ބޭކިން ޕޭޕާ އެޅުމަށްފަހު މިކްސް ކުރި ބިސްކޯދު އަޅާށެވެ. އެއަށްފަހު ރީތިކޮށް ފަތުރާލުމަށްފަހު އަސްއަލާމާރިއަށްލާ ހަރުކޮށްލާށެވެ. އެއަށްފަހު 400 އެމްއެލް ކްރީމް އަޅައި ވިޕް ކޮށްލާށެވެ. އެއަށްފަހު ގެރިކިރުއަޅައި އެއްކުރާށެވެ. ދެން ކިންޑަރ ޗްކޮލެޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފުރިޖަށްލީ ޓްރޭ ނަގާ އޭގެ މައްޗަށް ކްރީމް އަޅާށެވެ. އެއަށްފަހު 2 ގަޑިއިރު ފްރިޖްގައި ބަހައްޓާ ހަރުކޮށްލާށެވެ. އެއަށްފަހު ފުލްކްރީމް އާއި ޗްކްލެޓް އެއްކޮށް ގިރާލާފައި ކޭކުގެ މައްޗަށް އަޅާށެވެ. އެއަށްފަހު ޗޮކްލެޓް ކްރީމް މައްޗަށް އަލަމަންޑް އަޅާށެވެ. އެއަށްފަހު ބޭނުންނަމަ ކިންޑަރ ޗްކޮލެޓުން ޑެކެރޭޓް ކޮށްލާށެވެ.