ބޭނުންވާ ތަކެތި

4 ޓޮމާޓޯ

2 މޭޒުމަތީ ސަމުސާ ކުކިން އޮއިލް

½ ޖޯޑު ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓު

1 މޭޒުމަޓިސަމުސާ އަސޭމިރުސް (މުގުރި)

½ މޭޒުމަތީ ސަމުސާ ދިރި

½ މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ އޮރިގާނޯ

½ މޭޒުމަތީ ސަމުސާ ހަކުރު

½ މޭޒުމތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ސުރުކާ ހުތް

½ މޭޒުމަތީ ސަމުސާ މުގުރި ކާފޫރުތޮޅި

1 ޖޯޑު ފެން

ސޯސް ތައްޔާރުކުރުން

ތަވައެއް ހޫނުކުރުމަށްފަހު އެއަށްޓޮމާޓޯތައް އަޅާ ހޫނުވުމުން ޓޮމާޓޯތަކުގެ ތޮށި މަށާލާށެވެ. އެއަށްފަހު ޓޮމާޓޯތައް ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ޓޮމާޓޯ ތަކާއެއްކޮށްލާށެވެ. ދެން ލޮނުމެދު މުގުރިމިރުސް އަސޭމިރުސް ޓޮމާޓޯ ޕޭސްޓް ވިނިގާ،ހަކުރު،އޮރިގާނޯ ދިރި (ސޯސްއަށްބޭނުންވާ ހުރިހާއެއްޗެއް ) ފެން އަޅައިގެން ކައްކާލާށެވެ. އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން މިކްސަރަށް އަޅާ ހިމުންކޮށްލާށެވެ.

ކުކުޅު މަސްގަނޑު ތައްޔާރުކުރުމަށް

250 ގުރާމު ބޯންލެސް ޗިކަން

½ ފިޔާ ކޮށާ (ކޮށާފައި)

½ މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރި)

1 މޭޒުމަތީ ސަމުސާ ލުނުމެދު(ޗަސްކޮށްފައި)

½ ފިޔާ (މްޗަށް އަޅަން)

2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ލީވްސް

1 ޖޯޑު މޮޒެރެއްލާ ޗީޒް (ގާނާފައި)

½ ޖޯޑު ޗައްޑާ ޗީޒް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ފެން އެޅުމަށްފަހު ހޫނު ވުމުން ކުކުޅު، ފިޔާ ،ލޮނު، އެސޭމިރުސް ކޮރިއަންޑާ ލީވްސް ލުނމެދު އަޅާށެވެ. އެއަށްފަހު ކުކުޅު ރޯފިލާއިރު ފެންފޮދުވެސް ހުންނަންވާނީ ހިނދިފައެވެ. ދެން ކުކުޅު ހިހޫވުމުން އަތުން ވީދާ ގޮތަށް ކުދި ކުރާށެވެ. އެއަށްފަހު 2 ސަމުސާ ޓޮމާޓޯ ސޯސް އަޅާފައި އެއްކޮށްލާށެވެ. ދެން ތެޔޮ ނުޖަހާ ތުނިކޮށް ރޮށި ފިހެފައި ރޮށީގެ މެދަށް މަސްއަޅައި އޭގެ މައްޗަށް ކޮށި ފިޔާ އަޅާ ފިޔާ މައްޗަށް ޗީޒް އަޅައި އޮޅާލާށެވެ. މިގޮތަށް 4 ނޫނީ ހަ ރޮށި އޮޅުމަށްފަހު ޓްރޭއެއްގައި ސޯސް އުނގުޅާށެވެ. އެއަށްފަހު އޮޅި ރޮށިތައް އަތުރާ މައްޗަށްވެސް ސޯސް އަޅާ ޗީޒް އެޅުމަށްފަހު އަވަން ހޫނު ކޮށް އަވަނަށް ލާށެވެ. 10 ވަރަކަށް މިނެޓް ވާއިރަށް ޗީޒްތައް ދިޔާވުމުން އަވަނުން ނަގާށެވެ.