ދިވެހި ރައްްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާ އިންތިހާބުގެ އެޕްލިކޭޝަން ފޯރމް އަދި އިޤްރާރު ބަލައިގަތުމަށް ދީފައިވާ ވަގުތު މިއަދު އިތުރުކޮށްފިއެވެ.

ކުރީން ދެވިފައިވާ ސުންގަޑިއަކީ މިއަދުގެ ހަވީރު 4.00 އާއި ހަމައަށެވެ. ނަމަވެސް އޮންލައިންކޮށް ފޯރމް ހުށަހެޅުމުގައި އިންޓަރނެޓް މައްސަލަތައް ދިމާވާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާތީ އެވަގުތު މިހާރުވަނީ އިތުރު ކޮށްފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެ ވަގުތު މިހާރު ވަނީ މިރޭ މެންދަމު 12.00 އާ ހަމައަށް އިތުރު ކޮށްދީފައެވެ.

އެމްޑީޕީން ބުނެފައިވަނީ ސެކްރެޓޭރިއެޓަށް އީމެއިލްއިން ފޮނުއްވާ އެޕްލިކޭޝަން އަދި އިޤްރާރު ބަލައި ނުގަނެވޭނެ ކަމަށެވެ.