މީސްމީޑިއާގައި އަރްޝަދު ޚާން މަޝްހުރުވީ ޗާއި ވާލާގެ ނަމުންނެވެ. އޭނާ ސައި ތައްޔާރުކުރާ މަންޒަރާއެކު މީސްމީޑިއާ ބަންޑުން ޖަހާލުމަށް ފަހު އޭނާ މަގްބޫލުކަން ހޯދިއެވެ. މިހާރު އޭނާ ކޮބައި ހެއްޔެވެ؟

އޭނާއަށް ވަނީ ޓީވީ ސިލްސިލާތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައެވެ. އެއާއެކު މީހުން ދިން ޚިޔާލާ އެއްގޮތަށް އޭނާ ވަނީ ކޮޕީޝޮޕެއްވެސް ހުޅުވާފައެވެ. މީހުން ބުނީ އޭނާގެ ނަމުން މިތަނަށް ނަން ދިނުމަށެވެ. ނަމަވެސް އަރްޝަދު ބުނަނީ އޭނާ މީހުންނަށް މަޝްހޫރުވީ ޗާއި ވާލާގެ ނަމުން ކަމުން އެނަން އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމުގައެވެ.

އިސްލާމްއާބާދުގައި ޗާއިވާލާ ކެފޭ ރޫފް ޓޮޕް އޭނާ ވަނީ ހުޅުވާފައެވެ.

އަރުޝަދަށް އަސްލެއް ނޯޅެއެވެ!