ބޭނުންވާ ތަކެތި

ކޭކަށް

¼1 ޖޯޑު ފުށް

½ ޖޯޑު ހަކުރު

2 ބިސް

¼ ޖޯޑު ބަޓަރ ނުނީ ތެޔޮ

130 އެމް އެލް ފުލްކްރީމް މިލްކް

1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

1 މޭޒުމަތީ ސަމުސާ ބަޓަރސްކޮޗް އެސެންސް

1 މޭޒުމަތީ ސަމުސާ ވިނިގާ

ކުޑަ ރީނދޫ ކުލަ ކޮޅެއް

ޕާލިން އަށް

½ ޖޯޑު ހަކުރު

½ ޖޯޑު އަލަމަންޑް (ކޮށާފައި)

ފްރޮސްޓިން އަށް

1 ޖޯޑް ވިޕް ކްރީމް

ކުޑަ ބަޓަރސްކޮޗް އެސެންސް ފޮދެއް

ތައްޔާރުކުރާނެ ގޮތް

ބައި ޖޯޑު ހަކުރު ތަވައެއްގައި ދިޔާ ކޮށްލާށެވެ. އެއަށްފަހު އެއަށް އަލަމަންޑް އަޅާށެވެ. އަލަމަންޑް ރަނގަޅަށް ހަކުރު ކެރެމެލް އާ އެއްކޮށްލާށެވެ. އެއަށްފަހު ތައްޓަކަށް އަޅާ ފަތުރާލުމަށްފަހު ހިހޫކޮށްލާށެވެ. އޭރަށް އޮންނާނީ މެޓާގަނޑެއް ހެނެވެ. ދެން މި ބަދަން މެޓާގަނޑު ކުދިކުދި ކޮށްފައި ފުނޑުކޮށްލާށެވެ.

ކޭކު ފުށްގަނޑު ގިރުމަށްޓަކައި އެންމެ ފުރަތަމަ ބަޓަރ މިލްކް ތައްޔާރު ކުރާށެވެ. އެގޮތުން ވިނިގާ ސަމުސަލަކާއި ފްލްކްރީމް މިލްކް އެއްކޮށް 10 މިނެޓް ބަހައްޓާލާށެވެ. އެއަށްފަހު ބަޓަރ މިލްކަށް ހަކުރާއި ބަޓަރ ބިސް އަޅައި ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑަރ ވެސް އަޅާ އެއްކޮށްލާށެވެ. ދެން ބަޓަ ސްކޮޗް އެސެންސާއި ކުލަ އަޅާލާށެވެ. އެއަށްފަހު ހުރިހާއެއްޗެއް އެއްކޮށް ގިރާލުމަށްފަހު ކޭކް އަޅާ ޓްރޭގައި ބޭކިން ޕޭޕާ އެޅުމަށްފަހު ކޭކް ފުށްގަނޑު އޮއްސާލާށެވެ. ދެން އަވަން ހޫނުކުރުމަށްފަހު 180 ޑިގްރީގައި ކޭކް ފިހެލާށެވެ.

ދެން ވިޕް ކްރީމް ވިޕް ކޮށްލުމަށްފަހު ބަޓަރ ސްކޮޗް އެސެންސް އާއި ހަކުރު އެއްކޮށްލާށެވެ. އެއަށްފަހު ކޭކު 2 ފަޅިއަށް ފަޅާލާށެވެ. ދެން ތައްޔާރުކުރި ވިޕްކްރީމް އެއްފަޅީގައި އުނގުޅާށެވެ. ވިޕްކްރީމް އުނގުޅުމުގެ ކުރިން ހަކުރު ފަނިކޮޅެއް އުނގުޅާލާށެވެ. އެއަށްފަހު ކޭކުން ވަކިކުރި ބައިވެސް މަތީގައި ބާއްވާފައި މަތީގައި ވެސް ވިޕްޕްރީ އުނގުޅާށެވެ. ދެން ކޭކުގެ ކައިރި އާއެކު އޮމާން ކޮށްލާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ބަދަން ކޭކުމައްޗަށާއި ވަށައިގެން އަޅައި ކޭކް ޑެކެރޭޓް ކޮށްލާށެވެ.