ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކެން

1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ރާޅުކޮށް މުގުރާފައި)

½ މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި)

½ ސަމުސާ ސޯޔާ ސޯސް

3 ރޯމިރުސް

¼ ޖޯޑު ޗީޒް(ގާނާފައި)

1 މޭޒުމަތީ ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ ފުށް

200 އެމް އެލް ފުލްކްރީމް މިލްކް

ރަހަލާވަރަށް ލޮނު 3 ސްލައިސް ޗީޒް

1 ސައިސަމުސާ މަސޓަރޑް ޕައުޑަރ

1 ސައިސަމުސާ ހޮޓް ސޯސް

¼ ޖޯޑު ލީކްސް

½ ޖޯޑު ފިޔާ

ސްޕްރިން ރޯލް ޝީޓް

ތައްޔާރުކުރާނެ ގޮތް

ކުކުޅުތައް ކުދިކޮށް ކޮށުމަށްފަހު މެރިނޭޓް ކުރުމަށް ޓަކައި އިނގުރު، ލޮނުމެދު، މުގުރުމިރުސް، އަސޭމިރުސް، ލޮނު ސޯޔާ ސޯސް، ތޮޅި މިރުސް ކޮށާލާފައި ގޭނި ޗީޒް އެޅުމަށްފަހު ހުރިހާ އެއްޗެއް ކުކުޅާއެކު މޮޑުމަށްފަހު މެރިނޭޓް ކުރަން 30 މިމެޓް ބަހައްޓާށެވެ.

ޗީޒް ސޯސް ތައްޔާރުކުރުން

ތަވަޔަޔަކަށް ބަޓަރ އަޅާ އުދުންމައްޗަށް އުދާ ދިޔާ ކޮށްލާށެވެ. އެއަށްފަހު ފުށް އަޅާށެވެ. ދެން ދޭފަތަކުން ހަލާ ބަޓަރާއި ފުށް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކިރު އަޅާށެވެ. ކިރު އަޅަމުން ދާނީ ގަނޑުނުވާނޭހެން ދޭފަތުން ހަލަމުންނެވެ. އަދި އުނދުނުގެ ގިނިވެސް މަޑުކޮށްފައި ބަހައްޓައިގެނެވެ. ދެން ކުޑަ އަސޭމިރުސް ކޮޅަކާއި ލޮނު އަދި ޗީސް ސްލައިސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ހޮޓް ސޯސްވެސް އަޅާށެވެ. ދެން މަސްޓަޑް ޕައުޑަރ ކޮޅުވެސް އަޅާލާށެވެ.

ދެން މެރިނޭޓްކުރި ކުކުޅު ތެރެއަށް ލީކްސް އަޅައި އަދި ކޮށި ފިޔާވެސް އަޅައި އެއްކޮށް މޮޑެލާށެވެ. ދެން މަސްގަނޑުން ގުޅަ ޖެހުމަށްފަހު ދިގު ރޯލެއް ހަދާށެވެ. އެއަށްފަހު ތައްޔާރުކުރި ރޯލްތައް ސްޕްރިން ރޯލް ޝީޓަށްލާ ފުށް ތެރަސްކޮޅެއްވެސް އުނގުޅާ ތަތްކޮށްލާށެވެ. އެއަށްފަހު ބޭނުންނަމަ ބޮޑު ތެޔޮގަނޑެއްގައި ތެއްލާށެވެ. ނޫނީ ފިހެލާށެވެ. މި ރޯލް ކާނީ ޗީޒް ސޯސް އާއި ޖަހައިގެނެވެ.