ލ.ގަމުގައި ރޭ ދަމު ނަމާދު ކުރަނިކޮށް މިސްކިތަށް މީހަކު އަރައި އިމާމަށް ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ ލ. ގަމު ތުނޑީ އާބާދީ ސަރަހައްދުގެ މިސްކިތެއްގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް މީހަކު ވަދެ މުދިމުގެ ގައިގައި ޖަަހައި، މައިކު އެއްލާލި މައްސަލައެއް ރޭ ދަންވަރު 2:50 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަމު ނަމާދަށް ތިއްބާ ފުރަތަމަ އެމީހާ ވަނީ މިސްކިތަށް ގާއުކާފައެވެ. އަދި ފަހުން މިސްކިތުގެ ތެރެއަށް ވަދެ މުދިމަށް ހަމަލާ ދިނީއެވެ.

މި ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.