ނިއުދިއްލީގައި ހުންނަ ޗައިނާ އެމްބަސީން، އިންޑިއާ މީޑިއާއަށް ރިޕޯޓް ކުރުމާ ބެހޭ ގައިޑްލައިނެއް ނެރެފިއެވެ. މީގައި ނޫސް ވެރިންނަށް ޗައިނާ އެމްބަސީން ބާރު އަޅާފައި ވަނީ ޓައިވާންގެ ރައީސަށް ރައީސް ކިޔައި ރިޕޯޓް ނުކުރުމަށާއި ޗައިނާއަކީ ކޮމިއުނސްޓުން ވެރިކަން ކުރާ ޗައިނާކަން އެނގި ތިބުމަށެވެ. އަދި ޓައިވާނަށް ޗައިނާ އޭ ކިޔައި އިޝާރާތް ނުކުރުމަށެވެ.

ޗައިނާ އެމްބަސީގެ މި އިރުޝާދު އިންޑިއާގެ 250 މީޑިއާ ފަރާތަކަށް ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވާހަކަ މީޑިއާގައި ރިޕޯޓް ކުރުމާ ގުޅޭ ގޮތުން ޓައިވާނުން ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑުޑިމޮކްރެސީއަށް މީޑިއާ ރިޕޯޓް ކުރާ ގޮތް ޗައިނާއިން ކިޔައި ދެނީކަމަށެވެ. އަދި ޓައިވާންގެ ފޮރިން މިނިސްޓަރގެ ޓުވީޓް ނިންމާލަމުން ޗައިނާއާ ދިމާއަށް ބުނެފައި ވަނީ "ފެއަށް ޖެހިގެން ހުރޭ!" މި ހެންނެވެ.

ޗައިނާ ކަންބޮޑު ވެގެން އުޅެނީ، ޓައިވާނުގެ ގައުމީ ދުވަސް އަންނާތީ އެދުވަހާ ދިމާކޮށް އިންޑިއާގެ ނޫސްވެރިން ޓައިވާނަށް ސަނާ ކިޔައި ފާނެތީއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ޗައިނާގެ އިރުޝާދަށް ރައްދު ދެމުން ބުނެފައި ވަނީ "އިންޑިއާ އަކީ ނޫސްވެރިކަމުގެ މިނިވަން އޮންނަ ގައުމެއް ކަމަށެވެ. އަދި މީޑިއާއިން ބޭނުން ގޮތަކަށް ރިޕޯޓް ކުރުމުގެ ހައްގު އޮންނަ ކަމަށެވެ."

އިންޑިއާގެ މީޑިއާއިން ވަނީ އޮކްޓޯބަރު 10އަށް ދިމާވާ ޗައިނާގެ ގައުމީ ދުވަހުގެ ސަޕްލިމެންޓްވެސް ޝާއިއުކޮށްދީފައެވެ.