ކަރެކްޝަނުން ބުނަނީ ރިމާޑް ޖަލުގައި ޖާގައެއް ނެތް ކަމަށެވެ. ކޯޓުން ޙުކުމް ކޮށްފައި ވަނީ މީހާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

އެކަމަކުވެސް މީހާ ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުރުމުން ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ މީހާ ދޫކޮށްލާފައެވެ.

"ޝަރުއީ މަރުހަލާގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ،".
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

ދޫކޮށްލި މީހާއަކީ، 35 އަހަރުގެ ހުސައިން އިރްފާންއެވެ.

އޭނާ ބަންދުކުރަން ޙުކުމް ކޮށްފައި ވަނީ 18 ސެޕްޓެމްބަރުގައެވެ.

އޭނާގެ އަތުން ފެނުނީ 300 އަށް ވުރެން ގިނަ ގްރާމްގެ ކެނަބިސްއެވެ.

މި ކަމާ ގުޅިގެން ހޯމް މިނިސްޓަރު ވަނީ ކަން ބޮޑުވުން ފާޅު ކުރައްވާފައެވެ.

"ޝަރުއީ މަރުހަލާގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ،" ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި ކަމުގައި ސުއާލު އުފެދޭ ކަމަކީ ކަސްޓޯޑިއަލް ޖަލާއި ރިމާންޑް ޖަލަކީ އިމްރާން އަބްދުﷲގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނެވެ.

މި ވަރުގެ ބޮޑު ތުހުމަތެއް ކުރެވިފައިވާ މީހާ އަށް ޖަލުން ޖާގަ ނުލިބިގެން އޭނާ ދޫކޮށްލަން ޖެހުނު މައްސަލަ އިމްރާން އަބްދުﷲގެ ސަމާލުކަމަށް ނުގެނެވުނީ ކީއްވެބާވައޭ ސުއާލު އުފެދެއެވެ.