ބޭނުންވާ ތަކެތި
170 ގުރާމު ފުށް
40 ގުރާމު ކޮކޯ ޕައުޑަރ
3 ގުރާމު ބޭކިންޕައުޑަރ
3 ގުރާމު ބޭކިން ސޮޑާ
2 ބިސް
130 ގުރާމު ހަކުރު
70 ގުރާމު ވެޖިޓަބަލް އޮއިލް / ބަޓަރ
½ ޖޯޑު ކެއްކިފެން
ތައްޔާރުކުރާނެ ގޮތް
ބިހާއި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެޔޮ އަޅާ އެއްކޮށްލާށެވެ. ދެން ފުށާއި ބޭކިންޕައުޑަރ ބޭކިން ސޮޑާ ކޮކޯޕައުޑަރ ފުރާނަފަ އެއްކޮށްލާށެވެ. (ފުށް އެއްކުރާނީ މަޑުމަޑުން ގިރަމުން ނެވެ. ) ކޭކް ފުށްގަނޑު ގިރުމުން ޓްރޭގައި ބޭކިން ޕޭޕާ އެޅުމަށްފަހު ކޭކު ފުށްގަނޑު އަޅާ ފިހަން ލާށެވެ. އަވަން ބަހައްޓާނީ 180 ޑިގްރީ ހޫނު މިނުގައެވެ. ކޭކު ފިހެވުމުން ކޭކުގެ މަތި ކަފާލާށެވެ. އެއަށްފަހު މިކްސަރުގައި ފުނޑުކޮށްލާށެވެ.
ކްރީމް ތައްޔާރު ކުރުން
ކުޑަ ތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު 30 ގުރާމު ބަޓަރާއި 50 ގުރާމު ފުލްކްރީމް މިލް އަޅައިގެން މަޑުގިނީގައި ހޫނު ކޮށްލާށެވެ. ބަޓަރ ރަނަގަޅަށް ދިޔާވުމުން ހޫނުކަން ހުއްޓާ އުނދުނުން ބާލާ 75 ގުރާމު ޑާކު ކުކިން ޗޮކުލެޓް އަޅައި އެއްކޮށްލާށެވެ. ކްރީމް ގަނޑު ރަނަގަޅަށް އޮލަވުމުން ފިހުނު ކޭކު މައްޗަށް އަޅައި ފަތުރާލާށެވެ.ވަށައިގެންވެސް ކްރީމް އުނގުޅާށެވެ. އެއަށްފަހު ކުރިން، ފުނޑުކުރި ކޭކް ތައް ކޭކުގެ ވަށައިގެން (ކްރީމް މަތީ) ތަތްކޮށްލާސެވެ.