ބޭނުންވާ ތަކެތި

½ 1 ޖޯޑު ފުށް

1/3 ޖޯޑު ކޯން ފުލާ

1 ޖޯޑު ކަނަމަދު

¾ ސައި ސަމުސާ ލޮނު

1 ސައި ސަމުސާ ބޭކިން ޕައުޑަރ

4 ބިސް

½ ސައިސަމުސާ ވެނީލާ އެސެންސް

¼ 1 ޖޯޑު ހަކަރު

½ ޖޯޑު ފުލްކްރީމް މިލްކް

70 ގުރާމު ބަޓަރ

1/3 ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި، ބަޓަރ ތެޔޮ،މިލްކް، ވެނީލާ އެސެންސް، ބިސް ރަނަގަޅަށް ގިރާލާށެވެ. ހަކުރުތައްވިރެންދެން ގިރަން ވާނެއެވެ. އެއަށްފަހު ކަނަމަދު މިކްސަރުން މުގުރާފައި ފުށާއި ކޮޏްފުލާ ބޭކިންޕައުޑަރ ކަނަމަދު ބޯތައްޓެއްގައި އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ގިރި ބަޓަރ އާ އެއްކޮށް ރަނަގަޅަށް ގިރާލާށެވެ. ދެން ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލުމަށްފަހު ކޭކު ފިހާ ޓްރޭގައި ބޭކިން ޕޭޕަރ އެޅުމަށްފަހު އަވަން ހޫނުކޮށް 180 ޑިގްރީގައި ފިހެލާށެވެ.

ފްރޮސްޓިން ތައްޔާރުކުރުން

1 ދަޅު ގެރިކިރު

¾ ޖޯޑު ބުރައުން ޝުގަރ

3 ބިހުގެ ގޮބޮޅި

½ ސައިސަމުސާ ލޮނު

1 ސައި ސަމުސާ ވެނިލާ އެސެންސް

½ ޖޯޑު މުގުރި ކަނަމަދު

ގެރިކިރު ދަޅު ކަނޑާލުމަށްފަހު ތެއްޔަކަށް އަޅައި އުނދުންމައްޗަށް އުދުމަށްފަހު ރަނގަޅަށްހަލަމުން ހަކުރާ ކުކުޅުބިހުގެ ގޮބޮޅި އަދި ވެނީލާ އެސެންސްވެސް އަޅާށެވެ. އުނދުން މަޑުގިނީގައި ބަހައްޓައިގެން ވަރަށް ރަނގަޅަށް ދޭފަތަކުން ހަލަން ވާނެއެވެ. އެހެންނަމަވެސް ބިސް އެޅުމުން ވަރަށް އަވަހަށް ހިކޭނެއެވެ. ވީމާ ނުހިކޭނީސް ރަނގަޅަށް ކައްކާ އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން ހިހޫކުރުމަށްފަހު ކޭކު މައްޗަށް އަޅާށެވެ. އެއަށްފަހު ކަނަމަދު ކޮޅު މައްޗަށް ބުރުވާލާށެވެ. ނުމުގުރާ ކަނަމަދުވެސް އަޅަންވާނެއެވެ.