ބޭނުންވާ ތަކެތި

1 މޭޒުމަތީ ސަމުސާ ތެޔޮ

1 ފިޔާ

3 ތޮޅި މިރުސް

1 ކެރެޓް

1 މޭޒުމަތީ ސަމުސާ އިނގުރުލޮނުމެދު (ޕޭސްޓް)

1 ޖޯޑު ކުކުޅު (ކައްކާފައި. ކިޔުބު ކޮށް ކޮށާފައި)

1 ޖޯޑު ޓޮމާޓޯ (ކައްކާފަ ތޮށި ނޮޅާ ޗަސްކޮށްފައި)

1 ސައިސަމުސާ މުގުރި އަސޭމިރުސް

ރަހަލާވަރަށް ލޮނު

1 ޖޯޑު އަލުވި (މަޑުކޮށްފައި ޗަސްކޮށްފައި)

½ ލީކްސް (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

1 މޭޒުމަތީ ސަމުސާ ގަރަމް މަސާލަ(ނެތްނަމަ، ކޮތަނބިރި ހަވާދުކޮޅެއް)

1 ޖޯޑު ޗީޒް

ތައްޔާރުކުރާނެ ގޮތް

ތަވަޔަކަށް 1 ސަމުސާ ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. އެއަށްފަހު ފިޔާ ކުދިކޮށް ކޮށާލުމަށްފަހު ތަވަޔަށް އަޅާށެވެ. ދެން މިރުސް ކޮށާލުމަށްފަހު އަޅާށެވެ. ފިޔަ އާއި މިރުސް 1 މިނެޓް ކައްކާލުމަށްފަހު ކެރެޓް ތުނިކޮށް ކޮށާލާފައި އަޅާށެވެ. އެއަށްފަހު އިނގުރު ލޮނުމެދު އަޅާށެވެ. ދެން ހުރިހާ އެއްޗެއް ދޭފަތަކުން ހަލާ އެއްކޮށްލާށެވެ. އެއަށްފަހު ކައްކާ، ކުދިކޮށް ކޮށާފައި ހުރި ކުކުޅުމަސްތައް އަޅާލާށެވެ. އެއަށްފަހު ލޮނު ކޮޅަކާއި އަސޭމިރުސްކޮޅުވެސް އަޅާށެވެ. ދެން ޗަސްކޮށްފާހުރި އަލުވިކޮޅުވެސް އަޅާލާށެވެ. އެއަށްފަހު ލީކްސް އަޅައި ލުނބޯ ހުތްވެސް ޖަހާށެވެ. ދެން ހަވާދުކޮޅު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ޗީޒް އަޅާ އެއްކޮށްލާށެވެ.

ފުށް ތައްޔާރުކުރުން

½ 1 ފުށަށް އެއް މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ މާޖިރިން އަދި ކުޑަ ލޮނުކޮޅެއް އަޅައިގެން ހޫނު ފެނުގައި މޮޑެލާށެވެ. އެއަށްފަހު ކުދި ގުޅަ ޖެހުމަށްފަހު ރޮށި ދަމާލާފައި ރޮށީގެ މެދަށް ތައްޔާރުކުރި މަހުން މަސްކޮޅެއް އަޅައި ކީމިޔާގޮތަށް ފަތްޖަހާލާށެވެ. މި ކީމިޔާ ބޭނުންނަމަ ތެއްލެވިދާނެއެވެ. ތެއްލަން ބޭނުން ނޫންނަމަ، އަވަނުގައި ފިހެލާށެވެ.