ބޭނުންވާ ތަކެތި
10 ނޫނީ 12 ބިސްކޯދު
2 މޭޒުމަތީ ސަމުސާ ބަޓަރ
45 ގުރާމު ބަޓަރ (ދިޔާ ކޮށްފަ)
200 ގުރާމު ޗީޒް
60 ގުރާމު ހަކުރު
100 ގްރާމް ޕްލޭން ޔޯގަޓް
100 ގްރާމު ވިޕިން ކްރީމް
3 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
40 ގުރާމު ފެން
5 ގުރާމު ޖެލެޓިން ޕައުޑަރ
ތައްޔާރުކުރާނެ ގޮތް
އެންމެފުރަތަމަ ބިސްކޯދުތައް ރަނގަޅަށް ފުނޑުކުރާށެވެ. އެއަށްފަހު ބަޓަރާ އެއްކޮށްލާށެވެ. ދެން ކޭކް އަޅާ ޓްރޭއަށް އަޅާ ފަތުރާލާށެވެ. އެއަށްފަހު ފްރިޖަށްލާ 30 މިނެޓް ބަހައްޓާލާށެވެ. ދެން ޖެލެޓިން އަށް ތާފަނާ ފެންފޮދެއް އަޅާފައި ބަހައްޓާށެވެ. އެއަށްފަހު ޗީޒާއި ހަކުރު އެއްކޮށްލުމަށްފަހު ލުބޯ ހުތްވެސް އަޅާ ދެން ޔޯގަޓްވެސް އެއްކޮށްލާށެވެ. އަދި ވިޕްކްރީމްވެސް އަޅާ އެއްކޮށްލާށެވެ. ދެން ޖެލެޓިން ފެންފޮދުގައި ގިރާލުމަށްފަހު ޗީޒް މިކްސް އާ އެއްކޮށްލާށެވެ. އެއަށްފަހު ފްރިޖަށް ލީ ބިސްކޯދު ޓްރޭ ނަގާ އޭގެ މައްޗަށް ގިރި ޗީޒް މިކްވެސް އަޅާ އޮމާންކޮށްލާށެވެ. އެއަށް ފަހު އަނެއްކާވެސް ފްރިޖަށް ލާ 3 ގަޑި އެއްހާއިރު ބަހައްޓާފައި ނަގާށެވެ. ޗީޒް ކޭކް ހުންނާނީ ފަޅާލައިގެން ކާލަން ތައްޔާރުވެފައެވެ.