ބޭނުންވާ ތަކެތި

3 ޖޯޑު ފުށް

¼ މޭޒުމަތީ ސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ހިކި ކިރު

1 މޭޒުމަތީ ސަމުސާ ޔީސްޓް

2 މޭޒުމަތީ ސަމުސާ ހަކުރު

3 މޭޒުމަތީ ސަމުސާ ބަޓަރ ނޫނީ މާޖިރިން ނޫނީތެޔޮ

1 ޖޯޑު ތާފަނާފެން

ތައްޔާރުކުރާނެ ގޮތް

ޔީސްޓް ކޮޅު ތާފަނާ ފެންފޮދަކަށް އަޅާފައި 15 ވަރަކަށް މިނެޓް މަތިޖަހާފައި ބަހައްޓާށެވެ. އެއަށް ފަހު ފުށް މޮޑޭނެ ތައްޓެއްގައި ހަކުރާއި ކރު އަދި ފެން އެއްކޮށްލާށެވެ. އެއަށްފަހު ފުއް ކޮޅުގެ ތެރެއަށް ލޮނު ބަޓަރ އަދި ބާކީ ހުރި ހުރިހާ އެއްޗެއް އަޅައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަތިޖެހި ތައްޓެއްގައި 1 ގަޑި އިރު ބާއްވާށެވެ.

ސަބްމެރިން ސޯސް ތައްޔާރުކުރުން

3 ފޮތި ސްލައިސް ޗީޒް

1 ފިޔާ

4 ލޮނުމެދު

1 ބިސް

½ ޖޯޑު މަޔޯނައިސް

½ ޖޯޑު ތެޔޮ

1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް

2 މޭޒުމަތީ ސަމުސާ ވިނިގާ

½ ސައި ސަމުސާ އަސޭ މިރުސް

ކުޑަ ލޮނުކޮޅެއް

ސޯސް އަށް ބޭބުންވާ ތަކެތި ވަރަށް ރަނގަޅަށް ގިރާ އެއްކުރާށެވެ.

މަސްގަނޑު ތައްޔާރުކުރުން

2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 ފިޔާ ތުނިކޮށް ކޮށާފައި

1 ލުނުމެދު (ގާނާފައި)

1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

3 އިންޗި ވާވަރުގެ ލީކްސް ކޮޅެއް (ކުދިކޮށް ކޮށާފައި )

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް

2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

3 ރޯމިރުސް (ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ މުގުރި މިރުސް (ރާޅުކޮށް)

ކުޑަ ލޮނުކޮޅެއް

1 މޭޒުމަތީ ސަމުސާ ތެޔޮ

3 ފޮތި ސްލައިސް ޗީޒް

½ 1 ލެޓިޔުސް ފަތް

ތަވައެއް އުނދުންމައްޗަށް އުދާ ހޫނުވުމުން ތެޔޮ ފޮދު އަޅާ ފިޔަ އާއި ކެޕްސިކަން ލީކްސް ލޮނުމެދު އަޅާ ހަނާ ކޮށްލާށެވެ. އަދި މިރުހާއި ސޯސްތައްވެސް އަޅައި ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު އުދުންމަތިން ބާލާ ހިހޫވުމުން ސަބްމެރިން ސޯސް އަޅާ އެއްކޮށްލާށެވެ. ދެން ކުރިން ފިހުނު ބަނަސް ދެފަޅިއަށް ފަޅާ ތަވާ މަތީގައި ކުޑަކޮށް ހޫނު ކޮށްލުމަށްފަހު ބަނަސްގެ އެތެރޭގައި ސަބްމެރިން ސޯސް އުނގުޅުމަށްފަހު މަސް އަޅާށެވެ. އެއަށްފަހު ޗީޒާއި ލެޓިއުސް ފަތްކޮޅެއްވެސް ލާށެވެ. ދެން ކާން ވުމުން އަވަން ހޫނުކުރުމަށްފަހު 2 މިނެޓެއްހާއިރަށް އަވަނަށް ލާށެވެ. އެއީ ޗީޒްތައް ދިޔާ ކޮށްލުމަށެވެ.