ސޮލަމަން އައިލެންޑްގެ މީހުންވެސް ވަނީ މިބޮކުގެ ބޮޑު ކަމުން ހައިރާން ވެފައެވެ. ކުޑަ ކުއްޖެއްގެ އިސްކޮޅާ އެއްވަރު މި ބޮއް މިއީ، ސޮލަމަން އައިލެންޑްސްއާއި ޕައުއާނިއުގިނީގައި މީހުން މީރުކޮށް ކައި އުޅޭ އެއްޗެކެވެ.

އެހިސާބު މީހުން މިއަށް ނަން ކިޔަނީ، "ގަސްދޮށު ކުކުޅު"ގެ ނަމުންނެވެ.

މި ވަރުގެ މަހާ ބޮއްތައް މިހާރު ވަނީ މަދުވާން ފަށާފައެވެ. މި ސޮރުމެންގެ އަދަދު މަދުވެފައި ވުމުން މިވަރުގެ ބޮޑު ބޮކެއް ފެނުމަކީ ނާދިރު ކަމެކެވެ.