ކ. އަތޮޅު އަކިރިފުށީގައި ހުރި ފަތުރުވެރިއަކު ގެނބިގެން ހާލު ސީރިއަސްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަކިރިފުށީގައި ހުރި 37 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މޫދަށް ގެނބިގެން އޭނަގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމަށް އެމްއެންޑީއެފް މާލެ ކޯސްޓް ގާޑް ސީ އެމްބިއުލަންސުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނި ރޭ ދަންވަރު 02:13 ހާއިރު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

، ރިސޯޓް މެނޭޖްމެންޓުން މައުލޫމާތުދިން ގޮތުގައި، އެ ފަތުރުވެރިޔާ މާލެ ފޮނުވަނީ ނޭވާލުމަށް އުނދަގޫވެގެންނެވެ.