ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ފުރައިވަޑައިގެންފިއެވެ.

ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންނެވީ އަމިއްލަ ޖެޓެއްގައި މިއަދު ހެނދުނު 11:05 ހާއިރު އެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ނަމަވެސް އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އާއިލާއިން ބުނެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނި ހައްޔަރުކޮށްފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.