ބޭނުންވާ ތަކެތި

200 ބޯންލެސް ޗިކަން

2 މޭޒުމަތީ ސަމުސާ އިނގުރުލޮނުމެދު (ޗަސްކޮށްފައި)

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

½ ލުނބޯގެ ހުތް

1 ސައިސަމުސާ މުގރި މިރުސް

1 ސައިސަމުސާ ގަރަމް މަސާލާ

½ މޭޒުމަތީ ސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ ތެޔޮ

2 ފިޔާ (ކުދިކޮށް ކޮށާފައި)

2 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

4 ހިކިމިރުސް

1 މޭޒުމަތީ ސަމުސާ ދިރ (މުގުރާފައި)

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރާފައި)

2 މޭޒުމަތީ ސަމުސާ ފެން

1 ސައިސަމުސާ ހަކުރު

½ ސައި ސަމުސާ ރީނދޫ

10 ކެޖޫނަޓް

½ ޖޯޑު ކުކިން ކްރީމް/ ބޯކިރު

ތައްޔާރުކުރުން

އެންމެ ފުރުތަމަ ކުކުޅު ބޮޑެތިކޮށް ކޮށުމަށްފަހު މިރުހާ ޔޯގަޓާއި ރީނދޫ، އިނގުރު ލޮނުމެދު ޕޭސްޓް ½ ސަމުސާ ގަރަމް މަސާލަ އަޅައިގެން އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. މޮޑެލާއިރު ލުނބޯ ހުތްވެސް ޖަހަންވާނެއެވެ. ދެން މެރިނޭޓް ކުރުމަށް 30 މިނެޓް ބަހައްޓާށެވެ. އެއަށްފަހު މެރިނޭޓް ކުރި ކުކުޅު މަސްތައް ކުޑަ ތެޔޮ ފޮދެއްގައި ހަނާކޮށްލާށެވެ. ނޫނީ ފިހެލާށެވެ. ގިނަ މީހުނަށް މީރީ ފިހެލައިގެނެވެ.

ދެން ތަވައެއްގައި ބަޓަރ ސަމުސަލަކާއި ތެޔޮ ސަމުސަލެއް އަޅާ ހޫނުވުމުން ކޮށި ފިޔާ ކޮޅު އަޅާ ކުޑަކޮށް މުށި ކުލަ އެރުމުން އިނގުރު ލޮނުމެދު ޕޭސްޓް 1 ސަމުސާ އަޅާށެވެ. އެއަށްފަހު ޓޮމާޓޯ ކޮޅު އަޅާށެވެ. ދެން ހަވާދުގެ ބާވަތްތައް އަޅާ ލުމަށްފަހު ފެން ފޮދު އަޅާ ޓޮމާޓޯ ތައް ޗަސްވައްދެން ކައްކާލާށެވެ. އެއަށް ފަހު ކަޖޫނަޓް ކޮޅު އަޅާ 2 މިނެތެޓެއްހާއިރު ކައްކާލާށެވެ. ދެން އުނދުންމަތިން ބާލާ ހިހޫ ކުރާށެވެ. ހިހޫ ވުމުން މިކްސަރު ތައްޓަށް އަޅާ ރަނގަޅަށް ހިމުން ކޮށްލާށެވެ. ދެން ބަޓަރ ޗިކަން ހަދާނެ ތެއްޔެއް އުދުމަށް ފަހު 1 ސަމުސާ ބަޓަރ އަޅާ ހޫނުވުމުން ހިމުންކުރި ޕޭސްޓް ގަނޑު ފުރޭންޏަކުން ފުރާނާލާފައި އަޅާލާށެވެ. ޕޭސްޓްގަނޑު އޮލަ ނަމަ، ކުޑަ ފެންފޮދެއް އަޅާށެވެ. ދެން ބޮކިޖަހާ ކެކެން ފެށުމުން ފިހުނު ކުކުޅުތައް އަޅާށެވެ. މި ގޮތަށް 10 ވަރަކަށް މިނެޓް ކެކުމުން ބޯ ކިރު ނުވަތަ ކުކިން ކްރީމް އާއި ހަކުރު ކޮޅެއް އަޅައި ލޮނު ހެޔޮވަރުކުރުމަށްފަހު އުނދުންމަތިން ބާލާށެވެ.