ރާއްޖެއިން އިތުރު 66 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10،800އަށް އަރައިފިއެވެ.
އަލަށް ޕޮސިޓިވްވީ މާލޭ ސަރަޙައްދުން 60 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 6 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 66 މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ. އަދި މިއަދު ޕޮޒިޓިވްވީ 12ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،808މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6908 ދިވެހިންނާއި 3912 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 65 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9654އަށް އަރާފައެވެ.
އިއްޔެެއާ ހަމައަށް ކޯވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ފަސްދޮޅަހުގައި ހުރިނަމަވެސް މިހާރު އެޑްމިޓްކޮށްގެން މިހާރު ފަރުވާދެުމުންދަނީ 74 މީހުންނަށެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ.ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1232 ސާމްޕަލެއް ވަނީ ނަގާފައެވެ.