ބޭނުންވާ ތަކެތި

4 ޖޯޑު ގޮދަން ފުށް

250 ގުރާމު ބަޓަރ

½ 1 ސައި ސަމުސާ ލޮނު

¼ 1 ޖޯޑު ފެން

ފުށާއި ފިނިކޮށް ހުރި ބަޓަރ އެއްކޮށް ފެންޖަހައިގެން މޮޑެލާށެވެ. ފުށްގަނޑު މޮޑެ އޮމާން ނުކުރާށެވެ. ދެން ފުށްގަނޑު 2 ބައި ކުރުމަށްފަހު 2 ބައިވެސް ފުޑް ރެޕަށް ލާ ބަންދުކޮށްލުމަށްފަހު އައިސް އަލަމާރި އަށް ލާށެވެ. އެއަށްފަހު 30 މިނެޓް ބާއްވާށެވެ.

މަސްގަނޑު ތައްޔާރުކުރުން

621 ގުރާމު ކުކުޅު

1 ފިޔާ

½ ސައިސަމުސާ ލޮނު

1 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ ތެޔޮ

¼ ޖޯޑު ފިޔާ (ކޮށާފައި)

1 ސައި ސަމުސާ އިނގުރު (ޗަސްކޮށްފައި)

5 ލޮނުމެދު

1 ޖޯޑު ކެބެޖް (ކޮށާފައި)

½ ކެރެޓް (ކޮށާފައި)

1 ބޮޑު މިރުސް (ޕެޕަރ،ކޮށާފައި)

2 މޭޒުމަތީ ސަމުސާ ފުށް

½ ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

¼ ޖޯޑު ލީކްސް

1 ބިސް

ތައްޔާރުކުރާނެ ގޮތް

ކުކުޅުމަސތައް ކުދިކޮށް ކޮށުމަށްފަހު ލޮނުމަދާއި ރީނދޫ އަދި ލޮނު ލައިގެން 10 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ކުކުޅު މަސްތައް މިކްސަރަށް އަޅާ ފުނޑުކޮށްލާށެވެ. ދެން ތަވަޔަކަށް ތެޔޮ ފޮދެއް އަޅައި ފިޔާކޮށު ކުދިކޮށް ކޮށުމަށްފަހު އަޅާށެވެ. ދެން ގާނާފައި ހުރި އިނގުރުކޮޅުވެސް އަޅާށެވެ. އެއަށްފަހު 2 ލޮނުމެދުވެސް ގާނާފައި އަޅާށޭވެ. ދެން ކުދިކުރި ކުކުޅުމަތައްވެސް އަޅާލާށެވެ. އެއަށްފަހު ކެބެޖާއި ކެރެޓް އަދި ލީކްވެސް އަޅާ އެއްކޮށް ލާށެވެ. އެއަށްފަހު މުގުރި މިރުހާއި ލޮނު އަދި އަސޭމިރުސްވެސް އަޅާށެވެ.ދެން ފެންފޮދެއް އަޅައިގެން ރަނަގަޅަށް ކައްކާލާށެވެ.

އެއަށްފަހު ކުރިން އައިސް އަލަމާރިއަށް ލީ ފުށްގަނޑު ނަގާ ކުދި ގުޅަ ޖަހާށެވެ. އެއަށްފަހު ކުދި ރޮށި ދެމުމަށްފަހު ހަތަރެސްކަނަށް ވާނޭހެން ކަފާލާށެވެ. ދެން ތައްޔާރު ކުރި މަސްގަނޑު މެދަށް އަޅާ 3 ފަރާތުން ތަތްކޮށްލާށެވެ. އެއަށްފަހު އުލަކުން 3 ފަރާތް ފިއްތާލާށެވެ.

ދެން ފިހަން ބޭނުންވާ ޓްރޭގައި އެތުރުމަށްފަހު މަތީގައި ބިސް އުނގުޅާލާށެވެ. އެއަށްފަހު ޕައި ތަކުގެ މެދަށްމަޑުމަޑުން އޫ ހަރާލާ ތޮރުފާ ލާށެވެ. ދެން އަވްނ ހޫނުކުރުމަށްފަހު 175 ޑިގްރީގައި ބަހައްޓައިގެން ފިހެލާށެވެ.