މ. އަތޮޅު މުލަކު މީހުން ރޯދަވީއްލުމަށް ތައްޔާރުކުރާ އައްސައްޔޯ މީ ތަފާތު ކެއުމެކެވެ. ރޯދަމަސް ނޫނަސް ރޯދަ ހިފާ ދުވަސް ދުވަހު އިރުއޮއްސޭގަޑިއަށް އައްސައްޔޯ ނެތިއްޔާ ރޯދަވީއްލުން ކަމުވެސް ނުދާކަމަށް މުލަކުން ވާހަކަ ދެއްކެވި ފަރާތެއް ހާމަ ކުރެއްވިޔެވެ. މިހާރުވެސް މުލަކުގެ ގިނަ ގޭގޭގައި ރޯދަ ވީއްލުމަށް ތައްޔާރު ކުރާ މި ކެއުމަކީ ހަށިގަނޑަށް ލުއި ކަމާއި ފަސޭހަކަން ލިބޭ ކެއުމެއްކަމަށް ވެއެވެ.
އައްސައްޔޯ އަކީ ފިހުނުމަހާއި ކާއްޓާ ކިހާކެވެ.
ފިހާކަށް ވަކި ވައްތަރެއްގެ މަހެއް ނޯވެއެވެ. އޭރަކު ލިބޭ ވައްތަރެއް ފިހެލަނީ އެވެ. ކިހާއް ހޯދަނީ ފިހި ހަރު ނޫން ޅަ ކިހާކެވެ. ކުރީގައި ނަމަ މަސް ފިހަނީ ނާށި އަންދައިގެން އަނގުރުގައެވެ. މިހާރު އަވަނުގަވެސް މަސް ފިހާ މީހުން އުޅެއެވެ. ނަމަވެސް ފިހުނުމަސް މީރީ ނާށި އަނގުރުގައި ފިހުމުން ކަމަށް މުލަކުން ވާހަކަ ދެއްކެވި ފަރާތުން ހާމަ ކުރެއްވިއެވެ.
އައްސައްޔޯ ހެދުމަށް މަސް ފިހުމަށް ލޮނުމިރުސް ފުނޑާ ގޮތް އަޅުގަނޑަށް ކިޔައި ދެއްވީ މ. މުލަކު މުސްތަރީގޭ ޞަފިއްޔާ މޫސާއެވެ.
މަސްފިހާ ލޮނުމިރުސް
3 ހަނދި ފިހުމަށް (ކުޑަ)
25 ހިކިމިރުސް
1 ފިޔާ
2 ލޮނުމެދު
1 ސައި ސަމުސާ ދިރި
2 ހިކަނދިފަތް
1 ސައިސަމުސާ އަސޭމިރުސް
½ ސައި ސަމުސާ ލޮނު
މިހާރު ގޮތަށް ނަމަ ހުރިހާ އެއްޗެއް އެއްކޮށް މިކްސަރުން ހިމުން ކުރާނީއެވެ.