ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކެން

1 ޕެކެޓް ޓޯޓިޔާ ޗިޕްސް ( ކޯން ޗިޕްސް )

2 ޖޯޑު ނާޗޯ ޗީޒް / މޮޒެރެއްލާ ޗީޒް

4 މޭޒުމަތީ ސަމުސާ ސޯ ކްރީމް

¼ ޖޯޑު ފެން

½ ސޯ ކްރީމް

1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ

1ސައި ސަމުސާ އޮރިގާނޯ

1 ސައިސަމުސާ އިނގުރު ލޮނުމެދެ ޕޭސްޓް

1 ސައިސަމުސާ ދިރި

1 ސައިސަމުސާ އަސޭމިރުސ(މުގުރި)

1 ލުނބޯގެ ހުތް

2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ ހަކުރު

1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކޮރިއަންޑާ ލީފް (ކޮށާފައި)

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ކުޑަ ފިޔާ

2 އެވަކާޑޯ

60 ގުރާމު އޮލިވް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އަސޭމިރުސް ތެޔޮ އިނގުރު ލޮނުމެދު ޕޭސްޓް ސޯޔާ ސޯސް އޮރިގާނޯ ޕެޕްރިކާ ޕައުޑަރ ދިރި އަދި ލުނބޯ ހުތްވެސް އެއްކޮށް ލާށެވެ. ދެން ކުކުޅުމަސްކޮޅާ އެއްކޮށް ލާށެވެ. އެއަށްފަހު ތަވައަށް މަސްގަނޑު އެޅުމަށްފަހު ޓޮމާޓޯ ސޯސްވެސް އަޅާށެވެ. ދެން ހުރިހާ އެއްޗެއް އެއްކުރުމަށްފަހު ރޯފިލުވާލާށެވެ.

އެއަށްފަހު އެވަކާޑޯ އޮއްނަގައި ލުނބޯ ހުތް ޖަހައިގެން ޗަސްކޮށްލާށެވެ. ދެންޓޮމާޓޯ އާއި ކޮރިއަންޑާ ލީފް އަދި ފިޔާ ކުދިކޮށް ކޮށާ ލުމަށްފަހު ލޮނުކޮޅެއްޖަހައިގެން އެއްކޮށްލާށެވެ.

ދެން ޓްރޭއަކަށް ޗިޕްސްތައް އަޅާ އޭގެ މައްޗަށް މަސްގަނޑުގެ ½ އަޅާ ށެވެ. ދެން މަސްގަނޑު މައްޗަށް ޗީޒް އަޅާށެވެ. ދެން އަނެއްކާވެސް ޗީޒްތައް މައްޗަށް ޗިޕް އަޅާށެވެ. އެއަށް ފަހު ދެން ބާކީ ހުރި މަސް އަޅާ މަސްގަނޑު މައްޗަށް ޗީޒް އަޅާށެވެ. އެއަށްފު އަވަނަށްލުމަށްފަހު ޗީޒްކޮޅު ދިޔާ ކޮށްލާށެވެ. ދެން އަވަނުންނަގާ ސަވަ ކްރީމް އެޅުމަށްފަހު އެވަކާޑޯ ސަޓަނި އަޅާށެވެ. އެއަށްފަހު މައްޗަށް އޮލިވް ކޮށާފައި އަޅާލާށެވެ.