ބޭނުންވާ ތަކެތި

125 ކުކިން ގުރާމު ޗޮކްލެޓް ( ދިޔާކޮށްފަ)

125 ގުރާމު ޗޮކްލެޓް (ކޮށާފައި)

¾ ޖޯޑު ބަޓަރ (ދިޔާކޮށްފަ)

¼ 1 ޖޯޑު ހަކުރު

2 ބިސް

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

¾ ޖޯޑު ފުށް

¼ ޖޯޑު ކޮކޯ ޕައުޑަރ

1 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބަޓަރާއި ހަކުރު އެއްކޮށް ގިރާލާށެވެ. ދެން 2 ބިސްވެސް އެއްކޮށްލާށެވެ. އެއަށްފަހު ވެނީލާ އެސެންސާއި ދިޔާކުރި ޗޮކްލެޓް އަޅާ އެއްކުރާށެވެ. އެއަށްފަހު ފުށާއި ކޮކޯ ޕައުޑަރ އަދި ލޮނުކޮޅުވެސް އަޅާ އެއްކޮށްލާށެވެ. ދެން ބްރައުނީ ޓްރޭ އަށް އަޅާށެވެ. އެއަށްފަހު އަވަން 180 ޑިގްރީގައި ހޫނު ކުރުމަށްފަހު 20 މިނެޓާއި 25 މިނެޓް ބަހައްޓައިގެން ފިހެލާށެވެ. ފިހެ ނިމުމުން ކޮށި ޗޮކްލެޓް ކޮޅު މައްޗަށް ބުރުވާލުމަށްފަހު ބޭނުން ސައިޒަކަށް ކަފާށެވެ.