ދަރިއާއި ބައްޕައާއި ކާފައާ ތިން މީހުން ވެގެން 75 އަހަރު ހަމަކޮށްފިއެވެ. މިއަދަކީ ދުނިޔެއަށް ބަންދުކޮށްފައި އޮންނަ އުތުރު ކޮރެއާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިކަމަށް 75 އަހަރު ފުރުނު ދުވަހެވެ.

ލީޑަރު ކިމް ޖޮން އުން ވަނީ ފަތިހު އަސްކަރީ ޕެރޭޑެއް ބާއްވައި ގައުމާ މުޚާތަބު ކުރައްވާފައެވެ.

ކިމް ޖޮން އޮންގެ ކުރިން ވެރިކަން ކުރެއްވީ އޭނާގެ ބައްޕަ ކިމް އެވެ. ބައްޕަ ކިމްގެ ކުރިން ވެރިކަން ކުރެއްވީ ކާފަ ކިމްއެވެ. ވެރިކަމުގައި ތިން މީހުންގެ މެދުގައި 75 ފާއިތުވެފައި ވެއެވެ.

ހަނަފަސްކަން ދިމާވުމާއި ހައިހޫނު ކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ގައުމު ވަނީ ހަނާވެ ގޮސްފައެވެ.

މިއަހަރުގެ ޕެރޭޑްގެ ފޮޓޯތައް އަދި ދުނިޔެއަށް ފެންނަން ދުވަސްކޮޅެއް ނަގާނެއެވެ. އުތުރު ކޮރެއާ ޓީވީން ނަގާފައިވާ މަންޒަރުތަކުން ދޭހަވަނީ ބެލެސްޓިކް މިސައިލް ދައްކާލި ކަމަށެވެ. ކޮލޮރާޑޯގެ ސެޓެލައިޓް ކުންފުނި މެކްސަރ އިން ދެއްކި ފޮޓޯތަކުން ފެންނަނީ 9 ވަނަ ދުވަހު ގިނަ ހަތިޔާރާއި ގިނަ މީހުން ނިކުމެ، ކިމް އިލް ސުންގ މައިދާނުގައި ރިހާސަލް ބޭއްވި ކަމެވެ.

އުތުރު ކޮރެއާގައި ކޮންމެ ކަމަކީވެސް ސިއްރެކެވެ. ރަނގަޅަށް ބަލައި އެޑިޓް ކުރަން ޖެހެއެވެ. ޒައީމްގެ ބޮލުން އިސްތަށްޓެއް ކޮއްޅަށް ހުރެއްޖެ ނަމަވެސް ތަހްގީގު ކުރެވޭނެއެވެ.

ވެރިރަށް ޕިޔޮންގޔަންގގައި ތިބޭ ޑިޕްލޮމޭޓުންނަށްވެސް އަންގާފައި އޮތީ މިއަދު ހެނދުނު މަގުމައްޗަށް ނުނިކުތުމަށާއި ފޮޓޯ ނަގައި ނުހެދުމަށެވެ.