ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ތަޙުޤީޤު ކުރަމުންދާގޮތް މޮނިޓަރ ކުރައްވަމުން ގެންދަވާ ކަމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

ޢީސަގެ މައްޗަށް ތުހުމަތުކޮށް ބަލަމުން ގެންދަނީ އޭނާގެ އަންހެނުންނަށާއި ދަރިފުޅަށް ގެވެށި އަނިޔާ ކުރިކަމުގެ މައްސަލައެވެ. އެޗުއާރުސީއެމުން ވިދާޅުވެފައިވަނީ އެފަދަ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރި ކަރަމުންދާ ކަމަށެވެ.

"އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިފަދަ އަނިޔާތައް ތަހައްމަލް ކުރާ ފަރާތްތަކުން ލަސްނުކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް އެ ފަދަ މައްސަލަތައް ހުށަހަޅައި އެހީތެރިކަން ހޯއްދެވުމަށްވެސް އިލްތިމާސް ކުރަމެވެ." އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.