މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހުން ހައްޔަރު ކޮށްފައެވެ. ދެން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިހާރު އަންނަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.