ބޭނުންވާ ތަކެތި
1 ކިލޯ ކުކުޅު (ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު(ހިމުންކޮށްފައި/ޕޭސްޓް)
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށްފައި ޕޭސްޓް)
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 ސައި ސަމުސާ ރީނދޫ
1 ސައި ސަމުސާ ދިރި (މުގުރާފައި)
1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރާފައި)
1 ސައި ސަމުސާ ގަރަމް މަސާލާ
20 އަލަމަންޑް
1 ޖޯޑު ޕްލޭން ޔޯގަޓް
1 ސައި ސަމުސާ ލޮނު
2 ޖޯޑު ފިޔާ (ތެއްލާފައި)
3 ސައިސަމުސާ ކުކިން އޮއިލް
4 ހިކިމިރުސް
1 ސައިސަމުސާ ދިރި (ނުމުގުރާ)
2 މޭޒުމަތީ ސަމުސާ ރޯމިރުސް ޕޭސްޓް
1 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ލީވް ޕޭސްޓް
1 ޖޯޑު ފެން
½ ޖޯޑު ކުކިން ކްރީމް/ ބޯކިރު
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އަލަމަންޑް ފެނު އަޅާ ފޯކޮށްލާށެވެ. 4 ވަރަކަށް ގަޑިއިރުން ފޯވާނެއެވެ. ދެން ތޮށި ނޮޅާލުމަށްފަހު މިކްސަރުން ހިމުން ކޮށްލާށެވެ. ރަނގަޅަށް ޕޭސްޓަށް ވަންދެން ހިމުން ކުރަންވާނެއެވެ. ހިމުން ކުރަން އުނދަގޫނަމަ، ކުޑަފެންފޮދެއް އަޅާށެވެ. އެއަށްފަހު ކޮށި ކުކުޅު އެއްޗަކަށް އަޅައި ޔޯގަޓައި، އިނގުރު ލޮނުމެދު ޕޭސްޓް، ލޮނު، އަލަމަންޑް ޕޭސްޓް މުގުރި މިރުސް، ހަވާދުގެ ބާވަތްތައް، ތެއްލި ފިޔާ އަޅާ މޮޑެލާށެވެ. ދެން 15 ވަރަކަށް މިނެޓް ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ އަޅައި ހޫނު ކޮށްލާށެވެ. ތެޔޮފޮދު ހޫނުވުމުން ހިކިމިރުސް ބުރިކޮށްފައި އަޅާށެވެ. ދެން ނުމުގުރާ ދިރިކޮޅުވެސް އަޅާށެވެ. ދެމިނެޓެއް ހާއިރު ވުމުން މެރިނޭޓް ކުރި ކުކުޅުވެސް އަޅާށެވެ. ދެން 2 ސަމުސާ ތޮޅިމިރުސް ޕޭސްޓާއި ކޮރިއަންޑާ ލީވް ޕޭސްޓް އަޅާށެވެ. ބައެއް މީހުނަށް ކޮތަނބިރިފަތުގެ ރަހަގަދަ ވީމަ މީރެއް ނޫނެވެ. ވީމާ އެ ނޭޅިޔަސް ރަނގަޅުވާނެއެވެ. ދެން ދޭފަތަކުން ހަލަމުން ކުކުޅު ރޯފިލުވާށެވެ. ކުކުޅު ރަނަގަޅަށް ރޯފިލުމުން 1 ޖޯޑު ފެން އަޅާށެވެ. އެއަށްފަހު މަތި ޖަހައިގެން 5 ވަރަކަށް މިނެޓް ކައްކާ ލުމަށް ފަހު ބޯކިރު ނުވަތަ ކުކިން ކްރީމް އަޅާ ކުޑަކޮށް ކައްކާލުމަށްފަހު ވަރަށް ކުޑަ ކުޑަ (ދެ އިނގިލި ކުރިން ނެގޭވަރު) ގަރަމް މަސާލަ ކޮޅެއް އަޅައި އުނދުންމަތިން ބާލާށެވެ.