ހުދު މީހުން އެމެރިކާގެ ބައްރު ހޯދައި ގިނަ އަދަދަކަށް ތަނުގެ އަސްލު ރަސްވެހިން މަރައިފައިވާ މައްސަލައަކީ މިހާރު ބަހުސް ކުރެވޭ އާންމު މައްސަލައެކެވެ. މެކްސިކޯގެ ރައީސް ބާރުއަޅުއްވަނީ ރޯމަން ކެތޮލިކް ފައްޅިއާއި ސްޕެއިން އިން މި ޖަރީމާއަށް މައާފަށް އެދުމަށެވެ.

މި ހަފްތާގައި، މީގެ 500 އަހަރު ކުރިން ކްރިސްޓޮފާ ކޮލަމްބަސް އެމެރިކާ ހޯދި މުނާސަބާއަށް އަހަރު ފުރޭނެ އެވެ.

މެކްސިކޯގެ ރައީސް އެންޑްރޭސް މާނުއެލް ލޯޕޭޒް އޮބްރޭޑޯ އެދިވަޑައިގެންފައިވަނީ، އެމެރިކާއަށް ހުދު މީހުން އައިސް، ތަނުގެ އަސްލު ވަޒަންވެރިން މަރާފައިވާތީ އެކަމަށް ރޯމަން ކެތޮލިކް ފައްޅިން މައާފަށް އެދުމަށެވެ.

ލޯޕޭޒް އޮބްރޭޑޯ ވަނީ 2019ގައިވެސް ސްޕެއިން ސަރުކާރުން މައާފަށް އެދުމަށް ގޮވާލައްވާފައެވެ. ނަމަވެސް ސްޕެއިން ގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ އޭނާގެ ގައުމުން މައާފަށް ނޭދޭނެ ކަމަށެވެ.