އައްޑޫ ސިޓީން އިތުރު 17 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ހިތަދޫން ވަނީ ޕޮޒިޓިވްވެފައިވާ ދިހަ މީހުން ފެނިފައެވެ. ފޭދޫއިން ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަނެއް ފަސް މީހުން ޕޮޒިޓިވް ވެފައިވަނީ ހުޅުދޫން އިންނެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 3 ކޭސް އަކީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. އެއީ ހިތަދޫން އެކަކާއި ހުޅުދޫން ދެ މީހެކެވެ. މިއަދަދު ތަކާއެކު އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 223 އަށް އަރައިފައެވެ. އޭގެ ތެރެއިން 47 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 176 އެވެ. މިބަލީގައި 5 މީހަކު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. މިބަލީގައި ހިތަދޫން ވަނީ އެކަކު ނިޔާވެފައެވެ. އެއީ ކޮވިޑުގައި އައްޑޫން ނިޔާވި ފުރަތަމަ މީހާއެވެ.
މި ވަގުތު ހިތަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 102 މީހުންނެވެ. މަރަދޫގައި ތިބި އެކްޓިވް ކޭސްގެ އަދަދަކީ 6 އެވެ. މަރަދޫފޭދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 1 އެވެ. ފޭދޫގައި 10 މީހުން އެބަތިއްބެވެ. ސައުތު ޕާމް ރިސޯޓުގައި ދެ މީހުން އެބަތިއްބެވެ. މީދޫގައި ތިބި އެކްޓިވް ކޭސްގެ އަދަދަކީ 7 އެވެ. ހުޅުދޫގައި ތިބި އަދަދަކީ 47 އެވެ. ގަމުގެ އެކްޓިވް ކޭސްގެ އަދަދަކީ 1 އެވެ.
އައްޑޫ ސިޓން ޖުމްލަ ވަނީ 32،84 ސާމްޕަލް ނަގައި ޓެސްޓްކޮށްފައެވެ.