ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް- 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު އަލަށް ޕޮޒިޓިވްވެފައި ވަނީ ހިތަދޫން 5 މީހަކާއި މަރަދޫން 4 މީހަކާއި މަރަދޫފޭދޫން އެކަކާއި ހުޅުދޫން ފަސް މީހެކެވެ.
ހިތަދޫން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން 4 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް މީހާއަކީ ސަވައިލަންސް ސާމްޕަލަކުން ޕޮޒިޓިވްވި މީހެކެވެ. މަރަދޫން ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން ތިން މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް މީހާއަކީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. މަރަދޫ ފޭދޫން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ހުޅުދޫން ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން 3 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކީ ރެންޑަމް ސާމްޕަލަކުން ފޮޒިޓިވްވި މީހެކެވެ. އަނެއް މީހާއަކީ ސަވައިލަންސް ސާމްޕަލަކުން ޕޮޒިޓިވްވި މީހެކެވެ.
އައްޑޫގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 561 މީހުން އެބަތިއްބެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ހިތަދޫގައި ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 106 މީހުންނެވެ. ފޭދޫގައި 10 މީހުންނެވެ. މަރަދޫގައި 10 މީހުންނެވެ. މަރަދޫފޭދޫގައި 2 މީހުންނެވެ. ސައުތުޕާމް ރިސޯޓުގައި ވެސް 2 މީހުންނެވެ. ހުޅުދޫގައި 52 މީހުންނެވެ. މީދޫގައި 7 މީހުންނެވެ.
އައްޑޫގައި މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 238 އެވެ. އެކްޓިވް ކޭސްގެ އަދަދަކީ 190 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލައަކީ 47 މީހުންނެވެ. އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 4 އެވެ.
މިބަލިން ރައްކާތެރިވުމަށް އައްޑޫގައި ވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.