ކޮވިޑް ބަލީގައި އައްޑޫއިން އިތުރު މީހަކު މަރުވެއްޖެެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 10:20 ހާއިރު އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މިއަދު މަރުވި މީހާއާއެކު، މި މަހު މިހާތަނަށް ރާއްޖެއިން 72 މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން ޖުމްލަ 145 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.