ރާއްޖެއަށް ކޮވިޑް ފެތުރު ގައުމަށް ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު ނުދިނުމަށް ދިވެހި ގައުމީ އެކްޝަން (ޑީއެންއޭ) ސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ.

ޑީއެންއޭގެ އިސްބޭފުޅެއް ކަމަށްވާ ޢުމަރު ނަސީރު ވިދާޅުވީ "މިކަހަލަ ދަތިދުވަސްތަކާ ދިމާކޮށް ބޭރުގެ އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލަން،" ކަމަށެވެ. އެހެންނަމަވެސް ޢުމަރު އެގޮތަށް ވިދާޅުވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މި ދުވަސްވަރަކީ ރާއްކޭގައި ކޮވިޑް-19 އިންތިހާއަށް ފެތުރެމުންދާ ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރަކީ އެންމެން ވެސް ގުޅިގެން އެއްބަޔަކު އަނެއްބަޔަކަށް އެހީވާންވީ ވަގުތެވެ. ޢުމަރު ވިދާޅުވީ މިދުވަސްވަރު އެންމެވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް ރަނގަޅަށް އަޑުއަހައި އެއަށް އަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.