ކޮވިޑުން ސަލާމަތްވުމަށް އެޗުޕީއޭއިން މިހާރު އިއުލާން ކުރައްވާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށް ދިވެހި ގައުމީ އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.
ޑީއެންއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ އެޗުޕީއޭއިން އާންމު ސިއްހަތާބެހޭ ގޮތުން ފިޔަވަޅުތައް އަޅުއްވާއިރު އިގްތިސާދީ ގޮތުން ފުންވަޅުގަނޑަކަށް ގައުމު ވެއްޓުނަ ނުދިނުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް ލުއިލޯނު ދޫކުރުމާއި ދުވަހުން ދުވަހަށް އާމްދަނީ ހޯދައިގެން ދިރިއުޅުން ހަމަޖައްސަމުންދާ ފަރާތްތަކަށް އިންކަމް ސަޕޯޓު ފޯރުކޮށްދިނުމަކީ މިވަގުތު ވަރަށް މުހިންކަމެއްކުގައި ވިދާޅުވިއެވެ.
"ވަކިން ޚާއްސަކޮށް ފަގީރު އާއިލާތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ދަތި ހާލުގައި އުޅޭ މީހުންނަށް އެހީފޯރުކޮށްދެވޭނޭ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވުމަށް އިލްތިމާސް،" ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިޔަބުނީ ވަރަށް ރަނގަޅުވާހަކައެއް. އަހަރެން ފަދައުން ކޮވިޑްގައު ވަޒީފާ ގެއްލިފައިވަނީ ކިތައް މީހުން- މީ ކަތައް އާއިލާ ކިތައް ކިޔަވާ ކުދިން ކިތައް މުސްކުޅިން..... ސަރުކާރުން ލަދު ގަންނަންޖެހޭ. ނިކަމެޔި ރައްޔިތުން ނުކައި ނުބޮއެ ވަނިކޮށް އަދިވެސް ބޮޑުންނަށް ގެދޮރު އަޅަން ފާސްކުރަނީ. ކޮބާތޯ އަހަރެންގެ ޕެންޝަންގައި ހުރި 7% ފައިސާ؟ މިވަގުތު މިއޮތީ އަހަރެންގެ ހައްގު މިންވަރަށް ބޭނުންޖެހިފައި. މިހާރު ނުކައި ނުބޮއެ މާދަމާ މަރުވީމަ އެފައިސާއިން އަހަންނަށްވީ ފައދާއަކީ ކޮބާ؟ އިއްޒަތްތެރި މެންބަރުން ތިބީ ކައިގެން، ބޮޑުންތިބީ ބަނޑުފުރާ މުއްތިކޮށް ނެވެގެން ސޯޓުގެ ޖީބުތައްވެސް ފުރާލައިގެން. ރައްޔިތުން ބަނޑައްޖެއްސިއަސް މީދުން ފުކެއް ބޮޑުވަރެއް. މިކަމާއި އެބަޖެހޭ މަގުމައްޗަށް ނިކުންނާން މިވެރިންނަށް އަޑުއިވޭ ވަރަށް ގޮވަން.