މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ އެވެ.

އަލިފާނުގެ މި ނުރައްކާތެރި ހާދިސާ ހިންގާފައިވަނީ މއ.މޯނިންވިއުގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހުގެ 5:00 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ 6:10 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ވަގުތު އެގޭގައި މީހުން ތިބިކަމަށާއި އަލުފާނުގެ ހާދިސާ ހިންގުމުން އެމީހުން އެތަނުން ބޭރަށް ނުކުމެފައިވާކަމަށެވެ. އަދި ބޭރަށް ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގުމާއި އެކު ޑިފެންސް މިނިސްޓަރ މަރިޔާ އަހްމަދު ދީދީ އެސަރަހައްދަށް ވަޑައިގެން ގެއްލުނު ލިބުނު މީހުންގެ ހާލުވަނީ ބައްލަވާފައެވެ. އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން މީހުންގެ ހާލު ބައްލަވާފައެވެ.

މި ހާދިސާގައި ގެއްލުންވި އާއިލާތައް މި ވަގުތު ވަނީ ގިޔާސުއްދީނަށް ސްކޫލަށް ބަދަލުކޮށްފައެވެ.