ކޮލޮމްބޯ ޕޯޓް ސިޓީގެ ގާނޫނު ފާސްކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ސްރީލަންކާއަށް ލޯނާއި ބޭރުގެ އެހީއާއި ބޭރުގެ އިންވެސްޓްމެންޓްތައް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި ސްރީލަންކާގެ ޓްރާންސްޕެރެންސީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

ޗައިނާއިން ކޮންޓްރޯލް ކުރާ ގޮތަށް ޗައިނާގެ ވިޔަފާރިއެއްގެ ގޮތުގައި ކޮލޮމްބޯގެ ފަޅު ތެރޭން ހިއްކައިގެން ހަދާފައިވާ ޕޯޓް ސިޓީއާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ބުނެފައި ވަނީ ރައްޔިތުންނަށް މަޢްލޫމާތު ދޭންވީމިންވަރަށް މަޢްލޫމާތު ނުދީ އަވަށް އަރުވާލައިގެން މިބިލް ޕާލަމެންޓުން ފާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޕާލަމެންޓް މެމްބަރުންނަށްވެސް ބިލް ދިރާސާ ކުރުމަށް އެދެވޭ މިންވަރަށް ވަގުތު ދީފައި ނުވާ ކަމަށެވެ.

މިބިލްގައި ހިމެނޭ އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޓްރާންސްޕޭރެންސީން ފާހަގަ ކޮށްފައި ވަނީ ޕޯޓް ސިޓީގައި އޮޕަރޭޓް ކުރާ އޮފްޝޯ ބެންކުތަކާއި ކުންފުނިތަކުގެ ހަގީގަތް ބަލާނެ ގޮތެއް ބެލްގައި ފާހަގަ ކޮށްފައި ނެތުމުންނެވެ. މީގެ ސަބަބުން ގާނޫނާއި ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކުން ބެންކު ކުރުމަށް ޕޯޓް ސިޓީ ބޭނުން ކުރެވިދާނެ ކަމަށް ބުނެފައި ވއެވެ. އަދި މަސްތުވާތަކެތި ވިޔަފާރިވެރިންނާއި މަނީލޯންޑާ ކުރާ މީހުންނށް މިތަން ފަސޭހަ މަރުކަޒެއްކަމުގައި ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިފަދަ ސަބަބުތަކާ ހެދި ޕޯޓް ސިޓީ ޖަރީމާތައް ހިންގާ މީހުންނަށް އަމާން ތަނެއްކައމުގައި ވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

ޓްރާންސްޕެރެންސީ އިންޓަރނޭޝަނަލުން ބުނާ ގޮތުގައި ސްރީލަންކާއިން މިގޮތަށް އަވަށް އަރުވާލައިގެން މިބިލް ފާސް ކުރުމުގެ ސަބަބުން އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސްއިން ސްރީލަންކާއިން މާލީ ކަންކަން މެނޭޖްކުރާ ގޮތާ މެދު އުއާލު އުފައްދަފާނެއެވެ. އެހެން ވެއްޖެނަމަ، ލަންކާއަށް މޭރު އިންވެސްޓްމެންޓްތަކާއި ބޭރުގެ އެހީއާއި ލޯން ލިބުން ދަތިވެގެން ހިނގައި ދާނެއެވެ.

ސްރީލަންކާގެ ސުޕްރީމް ކޯޓުންވެސް ޕޯޓް ސިޓީގެ ގާނޫނުގެ މައްސަލަ ބެލުމަށްފަހު ނިންމައި ދިނީ ސަރުކާރަށް ފަހިގޮތަކަށެވެ.

ދެ ދުވަހުގެ ބަހުސަކަށް ފަހު މިބިލް ޕާލަމެންޓުން ފާސްކުރީ މެއި 20 ގައެވެ.

ގުޅުން ހުރި ލިޔުންތައް:

ޕޯޓް ސިޓީގެ ސަބަބުން ލަންކާ ވެގެންދާނީ ޗައިނާގެ ކޮލޮނީއަކަށް

ޕޯޓް ސިޓީގާނޫނު ގާނޫނުއަސާސީއާ ގުށުއަރާ

ޕޯޓް ސިޓީ ދައްކާލަން ގެން ދިޔައީ ޗައިނާ އެމްބަސީން

ޕޯޓް ސިޓީ ވެގެން ދާނީ މަނީ ލޯންޑަރިންގެ މަރުކަޒަކަށް

ޓެކްސް ޖަސްޓިސް ނެޓްވަރކުން ބުނާ ގޮތުގައި ދުނިޔޭގައި 32 ޓްރީލިއަން ޑޮލަރުގެ ފައިސާ އެކި ބެންކްތަކުގައި ސިއްރު އެކައުންޓްތަކުގައި ބެހެއްޓިފައި ވެއެވެ. މިއީ ކޮރަޕްޝަންއާއި ޓެކްސްއަށް މަކަރު ހެދުމުގެ ގޮތުން ބަހައްޓާފައިވާ ފައިސާ ކަމަށް ބެލެވެއެވެ. މިފަދަ ފައިސާއާ ބެހޭ ގޮތުން މިއަހަރުގެ 24 ޖޫންގައި އދގެ އާންމު މަޖިލީހުގައި ބަހުސް ކުރުން އޮންނާނެއެވެ.

ވެރިންނާއި މުއްސަނދިން މަކަރުހަދައި ބޭރުގެ ކުންފުނިތައް އުފައްދައި ފައިސާ ރައްކާ ކުރާ ގޮތް ހާމަވެގެން ދިޔައީ ޕެނަމާ ޕޭޕާސްއާއި ޕެރަޑައިސް ޕޭޕާސް އިންނެވެ.