ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައިވެސް މިހާރު ޑައެލިސިސްގެ ޚިދުމަތް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. އިންޑިއާގެ ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލާއެކު މާއްދާ 375 އުވާލައި ކަޝްމީރު ވަކި ސްޓޭޓަކަށް ހެދުމުން ރައްޔިތުންނަށް ފަސޭހަތައް ދަނީ ފަހި ވަމުންނެވެ.

ބޯޑާ ސަރަހައްދެއްކަމަށްވާ ކުޕްވާރާގައި ވަނީ ޑައެލިސިސް ސެންޓަރެއް ހުޅުވާފައެވެ. މި މަރުކަޒުގެ ރައީސް ޑރ. ޒިޔާއުލްއިސްލާމް ބުނާ ގޮތުން މިތަނުން 25 މީހުން ޚިދުމަތް ހޯދައެވެ. އަދި ޝިފްޓެއްގައި ހަތަރު މީހުންނަށް ޑައެލިސިސްގެ ޚިދުމަތް ދެވެއެވެ. މިއީ ކުރިން ސްރީނަގަރުން ނޫނީ ލިބެން ހުންނަ ޚިދުމަތެއް ނޫނެވެ.

އިންޑިއާގައި އަހަރެއްގެ މައްޗަށް ޑައެލިސިސް ހަދާ 2.2 ލައްކަ ޕޭޝަންޓުން ސިއްޙީ ނިޒާމަށް އިތުރު ވެއެވެ. މި މީހުނށް ޚިދުމަތް ދެނީ، 4950 ޑައެލިސިސް ސެންޓަރަކުންނެވެ. ގިނަ ތަންތަނަކީ އަގު ނަގާ އަމިއްލަ ތަންތަނެވެ. އެއީ ފަހަރަކަށް ދެހާސް ރުޕީސް އެވެ.

2016 އިން ފެށިގެން ހިންގާ އިންޑިއާގެ ބޮޑު ވަޒީރުގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދަށުން، ރަށްފުށު ހިސާބާއި އަދި ދުރު ހިސާބުތަކުގައި ސަރުކާރުގެ ޚަރަދުގައި ޑައެލިސިސް ސެންޓަރު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގައި ބޭނުން ކުރާ މޮޑެލަކީ ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕެވެ. ސަރުކާރުން އިމާރާތް ހަދައި ދެއެވެ. މެޝިނާއި ޑޮކްޓަރުންނާއި ފާރުވާގެ ސާމާނުތައް ހޯދަން ޖެހެނީ އަމިއްލަ ފަރާތުންނެވެ.

ކުޕްވަރާ ޑައެލިސިސް ސެންޓަރ އަކީވެސް މިފަދަ ފެސިލިޓީއެކެވެ.