އައްޑޫ ސިޓީން މިއަދު އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 4 މީހުންނަކީ ވެސް ހިތަދޫން ޕޮޒިޓިވްވި މީހުންނެވެ.

އެ މީހުންގެ ތެރެއިން އެކަކީ ހޯމް ކަރަންޓީނުގައި ހުރީ މީހެކެވެ. ދެންތިބީ ޑައިރެކްޓް ކޮންޓެކްޓަކާއި، ސަވައިލަންސް ސާމްޕަލަކުން ޕޮޒިޓިވްވި މީހަކާއި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅު ވެގެން މިއަދު މީހަކު ދޫކޮށްފައެއް ނުވެއެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލައަކީ 93 އެވެ.

އައްޑޫ ސިޓީން މިހާތަނަށް ވަނީ 274 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 179 މީހުންނެވެ. އެއީ ހިތަދޫގައި 123 މީހަކާއި، މަރަދޫގައި 11 މީހކާއި، މަރަދޫފޭދޫގައި އެކަކާއި، ފޭދޫގައި 9 މީހުންނެވެ. އޭގެ އިތުރުން ގަމުގައި އެކަކާއި، ހުޅުދޫގައި 24 މީހަކާއި މީދޫން 8 މީހަކާއި ސައުތު ޕާމް ރިސޯޓުން 2 މީހެކެވެ. އައްޑޫގައި އަދިވެސް 537 ޑައިރެކްޓް ކޮންޓެކްޓުން އެބައުޅެއެވެ.