އައްޑޫ ސިޓީން ކޮވިޑު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 8 މީހަކު ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްލައިފިއެވެ. މި އަށް މީހުންނާއެކު މިބަލިން ފަސޭހަވި މީހުންގެެ ޖުމްލަ ވަނީ 101 އަށް އަރައިފައެވެ.

މި ބަލިން ފަސޭހަނުވާ 174 މިހާރުވެސް އައްޑޫ ސިޓީގައި އެބަތިއްބެވެ. އެމީހުންގެ ތެރެއިން ހިތަދޫގައި ތިބީ 121 މީހުންނެވެ. ފޭދޫގައި 8 މީހުންނެވެ. މަރަދޫގައި 12 މީހުންނެވެ. މަރަދޫފޭދޫގައި އެކެކެވެ. ސައުތުޕާމް ރިސޯޓުގައި 2 މީހުންނެވެ. ގަމުގައި 1 އެވެ. ހުޅުދޫގައި 22 އެވެ. މީދޫގައި 7 އެވެ. އައްޑޫއިން ކޮވިޑަށް ޕޮޒިޓވް ވި މީހުންގެ ޖުމްލަ އަކީ 277 އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައިވަނީ 3 މީހުންނެެވެ. އެއީ ހިތަދޫއިން 2 މީހަކާއި މަރަދޫން މީހެކެވެ. މި ތިން މީީހުންނަކީ ވެސް ޑައިރެކްތް ކޮންޓެންޓުން ކަމަށް އޭއީއެޗުން ވިދާޅުވިއެވެ.

އައްޑޫ ސިޓީން މިހާތަނަށް ވަނީ 274 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 179 މީހުންނެވެ. އެއީ ހިތަދޫގައި 123 މީހަކާއި، މަރަދޫގައި 11 މީހކާއި، މަރަދޫފޭދޫގައި އެކަކާއި، ފޭދޫގައި 9 މީހުންނެވެ. އޭގެ އިތުރުން ގަމުގައި އެކަކާއި، ހުޅުދޫގައި 24 މީހަކާއި މީދޫން 8 މީހަކާއި ސައުތު ޕާމް ރިސޯޓުން 2 މީހެކެވެ. އައްޑޫގައި އަދިވެސް 537 ޑައިރެކްޓް ކޮންޓެކްޓުން އެބައުޅެއެވެ.