ބާ ކައުންސިލްގެ ހިންގާ ކޮމިޓީން އަނަސް އަބްދުއް ސައްތާރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަނަސް އަކީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވައިލިއިރު އެ ކައުންސިލަށް ވަކީލުންގެ ތެރެއިން އިންތިހާބުވެވަޑައިގެންނެވި މެންބަރެކެވެ.

ބާ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަނަސް އިސްތިއުފާ ދެެއްވިކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އަނަސް އެކްސްކޯއިން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމު މީގެ ކުރިން ފުރުއްވި އަނަސް ވަނީ މިފަހުން މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާފައެވެ. އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އަލަށް މަގާމާ ހަވާލުވެހުންނެވި ޑރ. މުހައްމަދު މުއިއްޒެވެ.