އެމެރިކާއާއި އިނގިރޭސިވިލާތާއި އެމީހުންގެ ބައިވެރިން ވެގެން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ)އަށް ފިއްތުންތައް ކުރިމަތިކުރާ މައްސަލަ ދުނިޔޭގެ މުހިންމު ސިޔާސީ ބޭފުޅުން ވެގެން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގު ކުރުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓްގެ ޕްރޮސެކިއުޓަރ ފާތޫ ބެންސޫދާ މަސައްކަތް ކުރެއްވުމުން އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން އޭނާއާއި އާއިލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ. ބެންސޫދާގެ މުއްދަތު ހަމަވުމުން މަގާމާ ހަވާލުވެ ވަޑައިގަތީ ފިރިހެން ބޭފުޅެކެވެ. އޭނާވެސް ވަނީ އެ މައްސަލާގެ ފައިލް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އައިސީސީ އަށް ކުރިމަތިކުރާ ފިއްތުންތަކާ ދެކޮޅަށް އަޑު އުފުއްލެވީ ޔޫރަޕްގެ ކުރީގެ ރައީސުންނާއި ބޮޑު ވަޒީރުންނާއި އެފަދަ މަގާމުތައް ފުރުއްވާފައިވާ މުހިންމު ބޭފުޅުންނެވެ.

މި ބޭފުޅުން ވަނީ އިޒްރޭލް ސަރުކާރުގެ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ނުވަތަ އެއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތައް އެންޓިސެމައިޓުން ކަމަށް ލޭބަލްކުރަން ކުރާ މަސައްކަތްވެސް ބޭޒާރުކޮށްލައްވާފައެވެ.

އިނގިރޭސިވިލާތާއި އެމެރިކާއަކީ އިޒްރޭލަށް ހަތިޔާރު ވިއްކާ ދެގައުމެވެ. މި ދެގައުމުން އިޒްރޭލުގެ އުދުވާން ދިފާއު ކުރުމަށް މަސައްކަތް ކުރެއެވެ.

ބޮޑު އަގުގައި ވިއްކަން ހުރި ވޯލްޕޭޕަރާއި، ގޭގެ ދޮރު ފޮތި، ސިޔާސީ މަދަދްގާރެއް މެދުވެރިކޮށް ހޯއްދެވި މައްސަލާގައި ތުހުމަތު ކުރެވި ތަހުގީގަށް ހުށަހެޅިފައިވާ ތުރުކީ ދަރިކޮޅުގެ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން، އިޒްރޭލަށް ސަޕޯޓް ކުރާ މީހުންގެ ޚަރަދުގައި ޗުއްޓީ ހައްދަވާފައިވާ ކަމަށްވެސް މިޑްލްއީސްޓް މޮނީޓަރ އިން ތުހުމަތު ކުރެއެވެ.

އައިސިސީގެ ޕްރޮސެކިއުޓަރ ފައްތޫ ބެންސޫދާ

ޖޯންސަންއާއި އޭނާގެ ޚާރިޖީ ވަޒީރު، ޔަހޫދީ ދަރިކޮޅުގެ ޑޮމިނިކް ރާބްއަކީ، އިޒްރޭލުގެ ދިފާއުގައި ލަންޑަންގައި މަސައްކަތް ކުރާ "ކޮންޒަރވެޓިވް ފްރެންޑްސް އޮފް އިޒްރޭލް" ގްރޫޕުން ކެމްޕެއިން ފަދަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. ޖޯންސަންގެ ޗުއްޓީ ދަތުރުތަކަށް "ކޮންޒަރވެޓިވް ފްރެންޑްސް އޮފް އިޒްރޭލް"އާއި އިޒްރޭލް ސަރުކާރުން އެހީދިން ކަމަށް ތުހުމަތު ކުރެވެއެވެ.

އިޒްރޭލުން އައިސީސީއަށް ފިއްތުމާ ދެކޮޅަށް ސޮއިކުރެއްވި ފަންސާސް ބޭފުޅުންގެ ތެރޭގައި ކުރީގެ ނޭޓޯގެ އިސްބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން ވިދާޅުވީ ސޫދާނާއި އަފްޣާނިސްތާނާއި ލީބިޔާ ފަދަ ގައުމުތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަތއް ތަހްގީގު ކުރާ ފަދައިން އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތައްވެސް ތަހްގީގު ކުރެވެން ވާނެ ކަމަށެވެ.